ފުޅަދޫ އަދި ހިތާދޫގައި ހުރި 28 އަހަރުވީ އިންޖީނުގޭގެ ބަދަލުގައި ޒަމާނީ އިންޖީނުގެ އަކާއި އޮފީސް އިމާރާތެއް

ބ. ފުޅަދޫ އާއި އެ އަތޮޅު ހިތާދޫގައި ފެނަކަ ކޯޕަރޭޝަނުން ހެދި އާ އިންޖީނުގެ އާއި އޮފީސް އިމާރާތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އިފުތިތާހު ކޮށްދެއްވައިފި އެވެ.
މި ދެ އިންޖީނުގެ ކުރިން ހިންގަމުން އައީ ރަށު މެދުގައި، އާންމުން ދިރިއުޅޭ ހިސާބުގަ އެވެ. ނަމަވެސް އަލަށް ހެދި އިންޖީނުގެ ހަދާފައިވަނީ މީހުން ދިރިއުޅޭ ސަރަހައްދާ ދުރުގަ އެވެ.
އާ އިންޖީނުގޭގެ ބޮޑުމިނަކީ 30 ފޫޓު/ 65 ފޫޓެވެ. އެތަނުގައި ހުރި ދެ އިންޖީނުގޭގެ ކެޕޭސިޓީވެސް ވަނީ އިތުރުކޮށްފަ އެވެ.
އެގޮތުން ކުރިން ހުރި އިންޖީނުގޭގެ ކެޕޭސިޓީއަކީ 688 ކިލޮވޮޓެވެ. ނަމަވެސް މިހާރު ވަނީ 112 ކިލޮވޮޓް އިތުރުކޮށް ކެޕޭސިޓީ 800 ކިލޮވޮޓަށް އިތުރުކޮށްފަ އެވެ.
އަލަށް ހެދި އިންޖީނުގޭގައި ސްޓޯރަކާއި ވޯކްޝޮޕަކާއި އިންޖީން ރޫމަކާއި ކޮންޓްރޯލް ރޫމަކާއި ފިއުލް ޓޭންކަކާއި ޗިމްނީ އަދި ޕޭންޓްރީއެއް ހުރެ އެވެ.
ހިތާދޫ ފެނަކަ އާ އޮފީސް އިމާރާތުގެ ބޮޑުމިނަކީ 33 ފޫޓު/ 31 ފޫޓެވެ. އާ އޮފީސް އިމާރާތުގައި މިހާރު 15 މުވައްޒަފުންނަށް އެކަމަޑޭޓް ކުރެވޭ އިރު، އެތަނުގައި ރިސެޕްޝަނަކާއި ލޮބީއަކާއި މެނޭޖަރު ރޫމަކާއި ޕޭންޓްރީއަކާއި ފާހާނާއެއްގެ އިތުރުން މީޓިން ރޫމަކާއި ގެސްޓްރޫމެއް އަދި ސްޓޯރެއް ހުރެ އެވެ.
އާ އިންޖީނުގޭގެ ބޮޑުމިނަކީ 30 ފޫޓު/ 53 ފޫޓެވެ. އެތަނުގައި ހުރި ދެ އިންޖީނުގޭގެ ކެޕޭސިޓީވެސް ވަނީ އިތުރުކޮށްފަ އެވެ.
އެގޮތުން ކުރިން ހުރި އިންޖީނުގޭގެ ކެޕޭސިޓީއަކީ 368 ކިލޮވޮޓެވެ. ނަމަވެސް މިހާރު ވަނީ 170 ކިލޮވޮޓް އިތުރުކޮށް ކެޕޭސިޓީ 538 ކިލޮވޮޓަށް އިތުރުކޮށްފަ އެވެ.
އަލަށް ހެދި އިންޖީނުގޭގައި ސްޓޯރަކާއި ވޯކްޝޮޕަކާއި އިންޖީން ރޫމަކާއި ކޮންޓްރޯލް ރޫމަކާއި ފިއުލް ޓޭންކަކާއި ޗިމްނީ އަދި ޕޭންޓްރީއެއް ހުރެ އެވެ.
ހިތާދޫ ފެނަކަ އާ އޮފީސް އިމާރާތުގެ ބޮޑުމިނަކީ 30 ފޫޓު/ 18 ފޫޓެވެ. އާ އޮފީސް އިމާރާތުގައި މިހާރު 15 މުވައްޒަފުންނަށް އެކަމަޑޭޓް ކުރެވޭ އިރު، އެތަނުގައި ރިސެޕްޝަނަކާއި ލޮބީއަކާއި މެނޭޖަރު ރޫމަކާއި ޕޭންޓްރީއަކާއި ފާހާނާއެއްގެ އިތުރުން މީޓިން ރޫމަކާއި ގެސްޓްރޫމެއް އަދި ސްޓޯރެއް ހުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ