ރައްޔިތުންގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރަކަށް މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް އިންތިޚާބުކޮށްފިއެވެ.
މިއަދު އޮތް 20 ވަނަ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ ފުރަތަމަ ބައްދަލުވުމުގައި ކޮމެޓީގެ މުޤައްރިރުކަމަށް ޤާސިމްގެ ނަން ހުށަހެޅުއްވީ އޭދަފުށީ ދާއިރާގެ މެންބަރު އަޙުމަދު ސަލީމް (ރެޑްވޭވް ސަލީމް) އެވެ.
ކޮމެޓީގެ މެންބަރުންގެ އިއްތިފާޤުން ޤާސިމް އެ މަޤާމަށް އިންތިޚާބުކޮށްފައިވާއިރު، ޤާސިމް މީގެ ކުރީން ވެސް ވަނީ އެ ކޮމެޓީގެ މުޤައްރިރުކަން ކުރައްވާފައެވެ. އަދި ޤާސިމަކީ މަޖިލީހުގެ ރައީސްކަމާއި، ޚާއްޞަ މަޖިލީހުގެ ރައީސް ކަމާއި، ރާއްޖޭގެ މާލީ ވަޒީރުކަމާއި، ގަވަރނަރުކަންފަދަ ދައުލަތުގެ ގިނަ މަގާމްތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ.
މާލިއްޔަތު ކޮމެޓީގެ ނައިބު މުޤައްރިރަކަށް އިންތިޚާބުކޮށްފައި ވަނީ ދާއިރާގެ މެންބަރު އަޙުމަދު ސަލީމެވެ. ސަލީމް ވަނީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބޭހޭ ކޮމިޓީ (241 ކޮމެޓީ)ގެ މުޤައްރިރުކަމަށް ވެސް އިންތިޚާބުކޮށްފައެވެ.
މިއަދު ވަނީ މަޖިލީހުގެ އެހެން ކޮމެޓީތަކަށް ވެސް މުޤައްރިރުންނާއި ނައިބު މުޤައްރިރުން އިންތިޚާބުކޮށްފައެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
މާލިއްޔަތު ކޮމިޓީގެ މުގައްރިރަކަށް ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ