ފުޅަދޫގައި ހުއްޓިފައިވާ މަޝްރޫޢުތައް ކުރިޔަށްގެންގޮސް ދެއްވުމަށް ރައީސް އަރިހުގައި އެދިއްޖެ

ބ.ފުޅަދޫގެ ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރޭން ހުއްޓިފައިވާ ނުވަތަ މަޑުޖެހިފައިވާ މަޝްރޫޢުތަކުގެ މަސައްކަތްތައް ކުރިޔަށްގެންގޮސްދެއްވުމަށް އެ ރަށުގެ ކައުންސިލުން ރައީސް އަރިހުގައި އެދިއްޖެއެވެ.
ފުޅަދޫ ކައުންސިލުން ރައީސް އަރިހުގައި މިވާހަކަ ދަންނަވާފައި މިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިހާރު އަތޮޅު ތެރެއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ފުޅަދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީ އާއި އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިންނެވެ.
ފުޅަދޫގައި ހުއްޓިފައި ނުވަތަ މަޑުޖެހިފައިވާ މަސައްކަތްތަކުގެ ގޮތުގައި ފެނާ ނަރުދަމާގެ މަސައްކަތާއި ސްކޫލު ކްލާސްރޫމުތަކުގެ މަސައްކަތް އަދި މިސްކިތުގެ މަސައްކަތް ކައުންސިލުން ފާހަގަކުރިއެވެ. މީގެ އިތުރުންވެސް، މި ބައްދަލުވުމުގައި، އެ ރަށުގެ ކައުންސިލުން ވަނީ ފުޅަދޫގެ ޞިއްޙީ ނިޒާމު އިތުރަށް ހަރުދަނާކޮށް ޚިދުމަތްތައް ފުޅާކުރުމާއި، ރަށްގިރުމުގެ މައްސަލަ ހައްލުކުރުމާއި ދަތުރުފަތުރުގެ ނިޒާމުގެ ޚިދުމަތް ބޭނުންވާކަމަށް ބުނެފައެވެ.
Advertisement
ރައީސް ޑރ.މުއިއްޒު ވަނީ މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ސަރުކާރުގެ ކަމާގުޅޭ ފަރާތްތައް މެދުވެރިކޮށް، ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ކައުންސިލާ ހިއްސާކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ