ކުޅުދުއްފުށި ސިޓީގެ ކަރަންޓުގެ މައްސަލަ މިއަދު ހައްލުކުރެވޭނެ ކަމަށް ފެނަކައިން ބުނެފިއެވެ.
ކުޅުދުއްފުށީގެ ޓްރާންސްފޯމަރަކަށް ދިމާވި މައްސަލައަކާއި ގުޅިގެން މިއަދު ހެނދުނު އެ ރަށުން ވަނީ އެއްކޮށް ކަރަންޓު ކެނޑިފަައެވެ.
ކުޅުދުއްފުށިން ކަރަންޓު އެއްކޮށް ގޮސްފައިވަނީ ޓްރާންސްފޯމަރަކަށް ދިމާވި މައްސަލައަކާއި ގުޅިގެން ތިން ޖަނަރޭޓަރެއްގެ ކޮންޓްރޯލް މޮޑިއުލް އަނދައިގެން ކަމަށް ފެނަކައިން މައުލޫމާތުދެއެވެ.
އެ ކުންފުނިން ބުނެފައިވަނީ ދިމާވި މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި މިމައްސަލަ ހައްލުކޮށް މުޅި ރަށަށް ކަރަންޓް ދެވޭނެކަމަށް ލަފާކުރެވެނީ މިއަދު އިރުއޮށްސި 18:00 ގައި ކަމަށެވެ.
ކުޅުދުއްފުށީގައި ކަރަންޓުގެ މައްސަލަ ބޮޑުވެ އެކަމުގެ ޝަކުވާ ރައްޔިތުން އައީ ކުރަމުންނެވެ.
ކުޅުދުއްފުށީ ކަރަންޓުގެ މައްސަލަ މިއަދު ހައްލު ކުރެވޭނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ