ސްޓެލްކޯގެ އިންޖިނިއަރަކު މިކިޔައިދިނީ ކަރަންޓު ޚަރަދު ކުޑަކުރެވިދާނެ ގޮތް

މިދިޔަ ދުވަސްތަކުގައި ވިއްސާރަކުރި ނަމަވެސް ކަރަންޓު ބިލު ބޮޑުވީ ކީއްވެގެންތޯ ގިނަ ބަޔަކު ދަނީ ސުވާލުކޮށް ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ބައެއް ރައްޔިތުން ވަނީ ނުރުހުމުގެ ޕޯސްޓުތަކުން ސޯޝަލް މީޑިއާ ވެސް ފުރާލާފައެވެ.
އެންމެ ފަހުގެ ބިލުތަކާ ގުޅިގެން ސްޓެލްކޯގެ އިންޖިނިއަރަކު ވިދާޅުވީ، ސްޓެލްކޯގެ އެންމެ ފަހުގެ ބިލްތަކުގައި ހިމެނެފައިވާނީ ވިއްސާރައިގެ މަދު ދުވަސްކޮޅެއް ކަމަށެވެ.
އަދި ބިލިންގ ޕީރިއެޑް ބިލްތަކުގައި ހިމަނާފައިވާއިރު މިދިޔަ މަހު ރީޑިންގ ނެގި ތާރީހާއި އެންމެ ފަހުން ރީޑިންގ ނެގި ތާރިހް ފެންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ލިބުނީ ކޮން ދުވަސްވަރެއްގެ ބިލެއްތޯ އެއްވެސް ބޭފުޅަކު ބަލާލިންތޯ ސުވާލުކުރައްވަމުން އޭނާ ވިދާޅުވީ، ހޫނު މޫސުމުގެ ތޭގައި އެވްރެޖްކޮށް 110މ.ވ. އާއި 113މ.ވ. އާދޭތެރޭގެ ޑިމާންޑެއް މާލެ ސަރަހައްދުގައި އޮތް ކަމަށެވެ.
އެހެންކަމުން ޖަނެރޭޝަން ކެޕޭސިޓީ އިތުރުކޮށް، އިތުރު އިންޖީނުތަށް ހިންގި ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
‏އިންޖިނިއަރު ވިދާޅުވީ، ޚަރަދު ކުޑަކުރުމުގެ ގޮތުން، އޭސީ ސާރވިސް ކޮށް، ގޭސް ލެވެލް ޗެކް ކޮށް، ގޭސް ލީކެއް އުޅޭނަމަ އެކަން ހައްލު ކުރުން މުހިއްމު ކަމަށެވެ
‏އަދި ފުލް ސާރވިސް ނުކުރި ނަމަ ވެސް މަހަކު އެއްފަހު ކަހަލަ ގޮތަކަށް އައުޓް ޑޯ ޔުނިޓާއި އިންޑޯ ޔުނިޓުގެ ކޯ ކަނޑު ދޮވެ ފިލްޓަރު ތަށް ސާފު ކުރުން މުހިއްމުކަން އޭނާ ފާހަގަ ކުރެއްވިއެވެ.
އަދި އައުޓު ޑޯ ޔުނިޓު އިނީ ވައި ދައުރުވާ ހޫނު ގަދަ ނޫން ތަނެއްގައިތޯ ޔަގީން ކޮށްލުން ވަރަށް މުހިންމު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އޭގެއިތުރުން، އޭސީ ކޮށްފައިވާ ތަންތަނުގެ ދޮރު ދަށުން ފިނި ވައި ލީކުވާގޮތަށް ހުރި ނަމަ އެތަނަށް ޕެކިނެއްލައި ބަންދު ކުރުމާ، ބަދިގޭގެ އުނދުނާއި ވީހާވެސް ދުރުގަ ރެފްރިޖްރޭޓަރު ބެހެއްޓުމުގެ އިތުރުން، އޭސީ ކޮށްފައިވާ ތަންތަނުގެ ބިއްލޫރި ދޮރު ތަކުގައި ވީހާވެސް ބޯ ދޮރުފޮއްޗެއް ދެމުމަށް އޭނާ އިލްތިމާސްކުރެއްވިއެވެ.
‏އަދި ތަނާ އެކަށީގެން ވާ ވަރަށްވުރެ ކުޑަ އޭސީ ޔުނިޓް ތަނާ އެކަށީގެންވާ ވަރުގެ ބޮޑު އޭސީ އަކަށް ބަދަލު ކުރުމާ، ސިޓިންގ ރޫމާއި ބަދިގެ އެއްކޮށް ހުންނަ ނަމަ ދާހިއްލިޔަސް ކައްކާއިރު ސިޓިންގ ރޫމު އޭސީ ނުޖެއްސުމަކީ ވެސް ކަރަންޓު ޚަރަދު ކުޑަވާނެ ކަމެއް ކަމަށް ސްޓެލްކޯގެ އެ އިންޖިނިއަރު ކިޔައިދެއްވިއެވެ.
ކަރަންޓު ބިލަކީ ކޮންޒިއުމް ކުރާ އަދަދަށް ހަދާ އެއްޗެއްކެވެ. ކަރަންޓު މީޓަރެއް ހިގަންފަށަނީ ގެ އަކުން ސާރވިސް ޕްރޮވައިޑާ ފޯރުކޮށްދޭ ވޯލްޓޭޖް ބޭނުން ކުރަން ފެށުމުންނެވެ.
އެއީ އެ ސަރވިސް ޕްރޮވައިޑަރއަށް ކުޅެވޭ އެއްޗެއް ނޫނެވެ. މީގެ ތަފްސީލު ބިލުން ފެންނަން ހުންނާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ