ގެއްލިގެން ހޯދާ ތްރީއޭ ސަޕްލައި ދޯނީގައި ހަތަރު މީހުން، އެންމެފަހުން ގުޅުނީ އިއްޔެ

ދޯނީގެ ވެރިފަރާތުން ބުނި ގޮތުގައި ކިތަންމެ ބޮޑު ހަރަދެއް ކޮށްގެން ނަމަވެސް އެމީހުން ހޯދަން ބޭނުންވެ އެވެ. އެކަން ހަރަދުކޮށްގެން ހުއްޓާނުލައި ކުރާނެ ކަމަށް ވެރިފަރާތުން ބުނެ އެވެ.
މީމު އަތޮޅުން ގެއްލިގެން ހޯދަމުންދާ ތްރީއޭ ކުންފުނީގެ ސަޕްލައި ދޯނީގައި ހަތަރު މީހުން ތިބިކަމަށާ ދޯނީގެ ހަބަރެއް އެންމެ ފަހުންވީ އިއްޔެ ކަމަށް ވެރި ފަރާތުން ބުނެފި އެވެ. 
ކ. ތިލަފުށިން ފުރައިގެން މ. އަތޮޅަށް ދަތުރުކުރަމުން ދިޔަ ތްރީއޭ ކުންފުނީގެ “AAA-37” ނަމަކަށް ކިޔާ މުދާ އުފުލާ ދޯނީގެ ވެރިފަރާތް ކަމަށްވާ ތްރީއޭ ކުންފުނީގެ ޑައިރެކްޓަރު އޮފް އޮޕަރޭޝަން މޫސާ ސިޔާމް "މިރާ" އަށް މިއަދު ވިދާޅުވީ ދޯނީގެ ހަބަރެއް އެންމެފަހުންވީ އިއްޔެ ހަވީރު 3:7 ގައި ކަމަށާ ނަމަވެސް އުރީދޫގެ ޓަވަރަށް 4:15 ގައި ސިގްނަލް ލިބިފައިވާ ކަމަށެވެ. އޭގެފަހުން ދޯނީގެ ހަބަރެއް ހަބަރެއް ނުވާ ކަމަށެވެ. އެ ދޯނީގައި ތިބީ ދެ ދިވެހިންނާއި ބިދޭސީ ދެ ފަޅުވެރިން ކަމަށް އޭނާ ވިދާޅުވި އެވެ. 
ދޯނި ގެއްލުނު ކަމަށް ދައްކަނީ މ. ރަތްމަދޫ ބޭރުންނެވެ. ސިފައިން މިހާރު ވަނީ މ. މުއްޔާ ދިމާ ބޭރުންވެސް ބޮޑު ސަރަހައްދެއް ހޯދާފަ އެވެ. 
މ. ހަކުރާ ހުރާގައި ރިސޯޓެއް ހިންގާ ތްރީއޭ ކުންފުނީގެ ހިއްސާދާރެއް ކަމަށްވާ މޫސަ ވިދާޅުވީ ދޯނީގެ ކެޕްޓަނަކީ ވަރަށް ތަޖުރިބާކާރު މީހެއް ކަމަށާ ދެން ތިބި ހަތަރު މީހުންނަކީ ވެސް އެ ކުންފުނީގެ މުވައްޒަފުން ކަަމަށާ އެ ދޯނީގައި ހުންނާނީ ރިސޯޓަށް ބޭނުންވާ ކާބޯތަކެތި ކަމަށެވެ. 
"ދޯނި އެހާބަރެއް ނުވާނެ. ދޯނީގަ ހުންނާނީ ގެސްޓުން ކާއެއްޗިހި. ދޯނީގެ މައުލޫމާތު އެންމެ ފަހުން ލިބުނު ވަގުތަކީ ވަރަށް ބޮޑު ކޮޅިގަނޑެއް އައިވަގުތު. އޭގެފަހުން ހަބަރެއް ނުވޭ،" މޫސަ ވިދާޅުވި އެވެ.  
ސިފައިން ބުނީ ދޯނީގެ މައުލޫމާތު ސިފައިންނަށް ލިބިފައިވަނީ އިއްޔެ ހަވީރު އިއްޔެ ހަވީރު 17:20 ގަ އެވެ. އެމްއެންޑީއެފުން ބުނީ ގެއްލުނު ދޯނި ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޝަހީދު އަލީ ދަނީ ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. މި ދޯނި ހޯދުމުގައި މޯލްޑިވިއަންގެ ސީޕްލޭނެއްގެ ބޭނުން ވެސް ދަނީ ކުރަމުންނެވެ. 
ތްރީއޭ ކުންފުނިން ވާހަކަ ދެއްކެވި މޫސަ ވިދާޅުވި ގޮތުގައި މިހާރު މޯލްޑިވިއަންގެ ސީޕްލޭނެއް ބޭނުންކޮށްގެން ދޯނި ހޯދަމުންދާއިރު ދޯނީގެ ހަބަރެއް ވަންދެން އެ ކުންފުނީން ހަރަދުކޮށް ނަމަވެސް ހޯދުން ކުރިއަށް ގެންދާނެ ކަމަށެވެ. 
"އަޅުގަނޑުމެންގެ އެންމެ ބޮޑު ރައުސުލްމާލަކީ މުވައްޒަފުން. އެހެންވެ މިކަން [ދޯނި ހޯދުން] ހުއްޓައެއް ނުލާން. ކިތަންމެ ބޮޑު ހޭދައެއް ކުރަން ޖެހުނަސް އެކަން ކުރިއަށް ގެންދަން ބޭނުން،" މޫސަ ވިދާޅުވި އެވެ. 
މި ދުވަސްކޮޅު ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް މޫސުން ގޯސްވާނެތީ ރައްކާތެރިވެ ތިބުމަށް ކަމާ ގުޅޭ އިދާރާތަކުން އަންނަނީ އިލްތިމާސްކުރަމުންނެވެ. ހާއްސަކޮށް ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވެ ތިބުމަކީ މުހިންމު ކަމެކެވެ. 
މިދިޔަ މަހު ވެސް މ. އަތޮޅުން އުޅަނދެއް ގެއްލިފައިވެ އެވެ. ނަމަވެސް ސިފައިން ވަނީ ސިފައިންގެ ޑްރޯން ބޭނުންކޮށްގެން ދޯނި ހޯދާފަ އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ