މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަންކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި، އެމަގާމަށް ކުރިމަތިލީމީހުންގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތަކުގެ ނަންތައް އާއްމުކޮށްފިއެވެ.
ޝަރުތުހަމަވާކަމަށް އެމްޑީޕީ އިން އާއްމުކޮށްފައިވާ ފަރާތްތަކަކީ، ކެންޑިޑޭޓް ނަންމަބަރު 1 މުޙައްމަދު ނަޝީދު، ގ.ކެނެރީގެ/މާލެ، ކެންޑިޑޭޓް ނަންބަރު 2 އިބްރާހީމް މުޙައްމަދު، ހުދުވިލާގެ/ލ.ފޮނަދޫ އަދި ކެންޑިޑޭޓް ނަންބަރު 3 މީކާއީލު އަޙްމަދު ނަސީމް، ގ.ބަރޯސާ/މާލެ އެވެ.
އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިިޚާބު ބޭއްވުމަށް ހަމަޖެހިފައިިވަނީ އަންނަ މަހުގެ 12ވަނަ ދުވަހުއެވެ. ވަގުތީ ޗެއާޕާސަން އަބްދުލް ގަފޫރު މޫސާ ވަނީ، އިންތިޚާބެއް ބޭއްވޭނެ ފަދަ މާލީ ތަނަވަސްކަމެއް ޕާޓީގައި ނެތްކަމަށް ބުނެ، ޗެއާޕާސަންގެ އިންތިޚާބު ފަސްކޮށްދިނުމަށް އެދޭކަމަށްބުނެ، އެމްޑީޕީގެ ގައުމީ މަޖިލީހަށް މެސެޖެއް ފޮނުއްވާފައެވެ. އެހެންނަމަވެސް، މިހާތަނަށް އައިރު، އިންތިޚާބު ފަސްކުރާން އެމްޑީޕީއިން ނިންމާފައިވާ ކަމަށް އެޕާޓީއިން ބުނެފައެއް ނުވެއެވެ.
އެމްޑީޕީގެ ޗެއާޕާސަންކަމަށް ކުރިމަތިލީ ފަރާތްތައް އިއުލާނުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ