މެއި 24 އަދި 25 ބަންދުކޮށްފި؛ އީދު ބަންދަށް 9 ދުވަސް

މި މަހުގެ 24 ވާ އާދިއްތަ ދުވަހާއި 25 ވާ ހޯމަ ދުވަހަކީ ސަރުކާރު ބަންދު ދެ ދުވަސް ކަމުގައި ރައީސް މުހައްމަދު މުއިއްޒު މިއަދު ހަމަޖައްސަވައިފި އެވެ.ތަފްސީލް - ރައީސް އޮފީހުން ބުނީ މިގޮތަށް ނިންމެވީ އީދު ބަންދާ ގުޅިގެން އާއިލާއާ އެކު ގިނަ ދުވަސް ހޭދަކުރުމަށް ފުރުސަތު ފަހިކޮށްދިނުމަށް، މެދުނުކެނޑޭ ގޮތަށް ބަންދު ދުވަސްތައް ހަމަޖައްސައިދިނުމަށް ކަމަށެވެ.
މިއާ އެކު މި މަހުގެ 22 ވާ ހުކުރު ދުވަހުން ފެށިގެން މި މަހުގެ 30އާ ހަމައަށް ސަރުކާރު ބަންދުވާނެ އެވެ.
ކަލަންޑަރުގައިވާ ގޮތުން އީދު ދުވަހަކީ މި މަހުގެ 27 ވާ ބުދަ ދުވަހެވެ. އީދު ބަންދަށް ފަހު ސަރުކާރު ހުޅުވޭނީ މި މަހުގެ 31 ވަނަ ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ