މެއި 24 އަދި 25 އަކީ ސަރުކާރު ބަންދު ދުވަސްތަކުގެ ގޮތުގައި ހަމަޖައްސައިފި

މިއަހަރުގެ އަޟްޙާ ޢީދު ބަންދާ ގުޅިގެން، 2026 މޭ 24 ވާ އާދީއްތަ ދުވަހާއި، މޭ 25 ވާ ހޯމަ ދުވަހަކީ ސަރުކާރު ބަންދު ދެ ދުވަހުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ހަމަޖައްސަވައިފިއެވެ.
ރައީސް އޮފީހުން ބުނީ ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ ޢީދު ބަންދުގެ ދުވަސްތައް މެދުނުކެނޑި މުވައްޒަފުންނަށް ލިބޭނެ ގޮތް ހަމަޖައްސަވައިދެއްވުމަށެވެ. މީގެ މައިގަނޑު މަޤްޞަދަކީ ޢީދު ބަންދާ ގުޅިގެން ރަށުން ބޭރަށް ދާ ފަރާތްތަކަށާއި، އާއިލާއާއެކު ވީހާވެސް ގިނަ ވަގުތު އެކުގައި ހޭދަކުރުމުގެ ފުރުޞަތު ސަރުކާރު މުވައްޒަފުންނަށް ފަހިކޮށްދިނުންކަމަށް ރައީސް އޮފީހުން ބުނެއެވެ.
މި ނިންމެވުމާއެކު، ޢީދު ބަންދަށްފަހު ސަރުކާރުގެ އޮފީސްތައް އަލުން ހުޅުވޭނީ 2026 މޭ 31 ވާ އާދީއްތަ ދުވަހުއެވެ. މިއީ މިހާރުވެސް ކަލަންޑަރުގައި ބަންދު ދުވަސްތައް އޮތް ގޮތަށް ބަލައި، ބަންދުގެ ދުވަސްތަކަށް އިތުރުވި ދެ ދުވަހާއެކު އައި ބަދަލެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ