ނަޝީދާއި ސޯލިހާއެކު މަސައްކަތް ކުރަން ޔާމީން ނިންމަވައިފި

ނޫސްވެރިންގެ ދިފާއުގައި ކުރީގެ ދެ ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި އިބްރާހިމް މުހައްމަދު ސޯލިހާ އެކު މަސައްކަތް ކުރަން ނިންމާފައިވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ. 
"މިހާރު" އަށް ޔާމީން މިއަދު ވިދާޅުވި ގޮތުގައި ނަޝީދާއި ސޯލިހާއެކު މަސައްކަތް ކުރައްވަން ނިންމީ ނޫސްވެރިންގެ ދިފާއުގައި ކަމަށެވެ. އެއީ، ދެ ނޫސްވެރިއެއްގެ މައްޗަށް ދައުވާކޮށް، ދެ ނޫސްވެރިއަކު ޖަލަށްލާން ހުކުމްކޮށްފައިވާތީ އެކަމާ އިހުތިޖާޖު ކުރުމުގެ ގޮތުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 
ޔާމީން އެގޮތަށް ނިންމެވިކަން އިއުލާން ކުރެއްވީ އެކުގައި މަސައްކަތްކުރަން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިއަދު ގޮވާލައްވާފައި ވަނިކޮށެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރަން ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ފައްޔާޒު ވިދާޅުވީ އެއީ ނަޝީދާއި ޔާމީން އަދި ސޯލިހު އެކުގައި ނުކުމެ ގައުމު ސަލާމަތް ކުރަންވީ ވަގުތު ކަމަށެވެ.
The most trusted news source in the Maldives
ފައްޔާޒުގެ އެ ޕޯސްޓަށްފަހު ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ނޫސްވެރިން ހައްޔަރުކުރުމާ ދެކޮޅަށް ކުރާ އިހުތިޖާޖަށް މިރޭ އެމަނިކުފާނު ވެސް މަގުމައްޗަށް ނިކުންނަވާނެ ކަމަށެވެ.
ސަރުކާރަށް ދެކޮޅަށް ކޮންމެ ރެއަކު ވެސް އެމްޑީޕީންނާއި ޔާމީންގެ ޕީއެންއެފްއަށް ސަޕޯޓްކުރާ މީހުން ސިލްސިލާ މުޒާހަރާތައް ކުރަމުންދެ އެވެ.
ޑޮކިއުމެންޓްރީއާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު ގެގް އޯޑަރަށް ތަބާނުވެ، ކޯޓު ހުރުމަތް ކެނޑި ކަމަށް ކަމަށް ބުނެ ދެ ނޫސްވެރިއަކު ޖަލަށްލާން އިއްޔެ ކުރި ހުކުމަށް ކުރީގެ ތިން ރައީސުން ވެސް ފާޑު ވިދާޅުވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ