ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ވަހީދުގެ މައްޗަށް ކުށް ސާބިތުވެ 25 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނިކޮށް، އެ މައްސަލަ ހިނގައިދިޔަ ގޮތް ތަފްސީލުކޮށް ރައްޔިތުންނަށް ހާމަކުރުމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ފުލުހުންގެ މުއައްސަސާއަށް އަންގަވައިފިއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު އިހުސާން ވިދާޅުވީ، ޝަމްއާން ފްރޭމްކޮށްފައިވާކަމަށް ބުނާ ވާހަކައަކީވެސް އެއްވެސް ހަގީގަތެއް އޮތް ވާހަކައެއް ނޫންކަން މިމައްސަލާގައި ކަންހިނގާފައިވާ ގޮތް ތަފްސީލުކޮށް ރައްޔިތުންނަށް ސާފުކޮށްދިނުމަށް ފުލުހުންގެ ކިބައިން އެދިފައިވާކަމަށެވެ.
އިއްޔެ އޮތް ޝަރީއަތުގެ މަޖިލީހަށް ވަނުމުގެ ކުރިން ރާއްޖޭގެ ބައެއް މީޑިއާތަކަށް ދިން އިންޓަވިއުއެއްގައި ޝަމްއާން ވަނީ އެނާ ފްރޭމް ކޮށްފައިވާ ކަމަށާއި އެކަމުގައި ހޯމްލޭންޑް މިނިސްޓަރު އިހުސާންގެ އަތެއްވާކަމަށް ބުނެފައެވެ. ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި މިނިސްޓަރު އިހުސާން ވަނީ ޝަމްއާން ކުރި ތުހުމަތުތަކަކީ ދޮގު ތުހުމަތުތަކެއް ކަމަށް ބުނެފައެވެ.
"ޝަމްއާން އެ ކުރަނީ ސާބިތު ނުހިފޭ ދޮގު ތުހުމަތުތަކެއް. ތަކުރާރުކޮށް އެ ކުރާ ތުހުމަތުތަކާ ގުޅޭ އެއްވެސް ހެއްކެތް ނުވަތަ ޤަރީނާއެއް ނެތް އިރު، އޭނާ އެހަދަނީ ދޮގުކަން ކުރިންވެސް މީޑިޔާގައި އަޅުގަނޑު އޮންނާނީ ދަންނަވާފައި"، މިނިސްޓަރު އިހުސާންގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
ޝަމްއާންގެ މައްޗަށް އިއްވި ހުކުމްތަކުގެ ތެރޭގައި މަނީ ލޯންޑްރިންގެ މައްސަލައިގައި 15 އަހަރު، ފޭރުމުގެ މައްސަލައިގައި 8 އަހަރު އަދި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ މައްސަލައިގައި ދެ އަހަރުގެ ޖަލު ހުކުމް ހިމެނެއެވެ.
ޝަމްއާން މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ހާމަކުރަން ފުލުހުންނަށް އަންގައިފިން: އިހްސާން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ