އީރާނުގެ އުޅަނދަކަށް ހަމަލާއެއް ދީފިނަމަ އެމެރިކާގެ މަރުކަޒުތަކަށް ވަރުގަދައަށް ރައްދުދޭނަން: އީރާން

އީރާނުގެ ތެޔޮ ޓޭންކަރުތަކާއި ވިޔަފާރި އުޅަނދުފަހަރަށް އެމެރިކާ ނުވަތަ އެގައުމުގެ ބައިވެރިން ހަމަލާދީފިނަމަ، ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި ދުޝްމަނުންގެ އުޅަނދުތަކަށް ވަރުގަދަ އަށް ރައްދު ދޭނެ ކަމަށް އިސްލާމިކް ރިވަލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އިން އިންޒާރު ދީފިއެވެ.
އީރާނުގެ އައި.އާރު.ޖީ.ސީ ނޭވީއަކީ އެގައުމުގެ އައްސޭރިފަށާއި އަދި ޚާއްޞަކޮށް ގަލްފް ސަރަހައްދުގެ ރައްކާތެރިކަން ބެލެހެއްޓުމުގައި އެންމެ އިސް ދައުރެއް އަދާކުރާ ފައުޖެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ