މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން، މިދިޔަ މާރިޗް މަހުން ފެށިގެން މިހާތަނަށް، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް 500 މިލިއަން ޑޮލަރުގެ ގެއްލުން ވެއްޖެ ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއަ އޮޕަރޭޓާސް (މަޓާޓޯ) އިން ބުނެފިއެވެ.
މަޓާޓޯ އަދި ނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަނުން ގުޅިގެން އާއްމު ކޮށްފައިވާ ނޫސްބާޔާނެއްގައި ބުނެފައިވަނީ، ފަތުރުވެރިން އަންނަ މިންވަރު ދަށްވުމުގެ ސަބަބުން މުޅި ޤައުމީ އިޤުތިޞާދަށް އޭގެ ނޭދެވޭ އަސަރު ފޯރަމުންދާކަމުގެ ބޮޑު ކަންބޮޑުވުން ފާޅުކޮށްފައެވެ. މި ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، މިހާރު ފެންނަމުންދާ މަންޒަރުތަކަށް ބަލާއިރު، މިއީ ވަޒީފާތަކަށާއި ބޭރު ފައިސާ ލިބޭ މިންވަރަށް އޮތް ވަރަށް ބޮޑު ނުރައްކަލެކެވެ.
މިހާރުގެ އެރައިވަލް ޓްރެންޑުތަކާއި ބުކިން ޕެޓާންސް އަދި ކެންސަލޭޝަންއަށް ބަލާއިރު ޓޫރިޒަމަށް 500 މިލިއަން ޑޮލަރަށް ވުރެ ބޮޑު ގެއްލުމެއް ކުރިމަތިވެފައިވާކަމަށް ލަފާކުރެވޭ" މަޓާޓޯ އަދި އެންއެޗްޖީއޭއެމް ގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން، މި މައްސަލައަށް އަވަސް ހައްލެއް ނުލިބިއްޖެނަމަ، ގިނަ ގެސްޓްހައުސްތަކާއި ޓްރެވަލް އެޖެންސީތައް ބަނގުރޫޓުވެ، ވިޔަފާރިތައް އެއްކޮށް ހުއްޓުމަކަށް އަތުވެދާނެކަމުގެ ބިރު އެބައޮތްކަމަށް ބަޔާނުގައި އިންޒާރުދީފައިވެއެވެ.
ފަތުރުވެރިކަމުގެ ސިނާއަތަށް 500 މިލިއަން ޑޮލަރުގެ ގެއްލުން ވެއްޖެ: މަޓާޓޯ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ