މެދުއިރުމަތީގައި މިހާރު ކުރިއަށްދާ ހަނގުރާމައާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމް ދާއިރާއަށް 500 މިލިއަން ޑޮލަރަށް ވުރެ ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށް އެ ދާއިރާގެ ޖަމިއްޔާތަކުން މިއަދު ހާމަކޮށްފި އެވެ.
ނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓް ހައުސެސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންއެޗްޖީއޭއެމް) އަދި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ، މިދިޔަ މާޗު މަހުން ފެށިގެން މިއަދާ ހަމައަށް ޓޫރިޒަމް ދާއިރާ އަށް ބޮޑު ގެއްލުމަކާ ކުރިމަތިވެފައިވާ ކަމަށެވެ.
މިދިޔަ މާޗު އަދި އޭޕްރީލް މަހު ރާއްޖެ އަށް އައި ޓޫރިސްޓުންގެ އަދަދު ވަނީ ވަރަށް ބޮޑުތަނުން ދަށްވެފަ އެވެ. އެ ދެ މަހު ރާއްޖެ އަށް އައި ޓޫރިސްޓުންގެ އަދަދު މިދިޔަ އަހަރުގެ އެ ދެ މަހަށް ވުރެ 15-20 ޕަސެންޓާ ދެމެދަށް ދަށްވެފައިވެ އެވެ.
ގެސްޓް ހައުސް އެސޯސިއޭޝަނާއި މަޓާޓޯގެ ބަޔާނުގައިވާ ގޮތުން ޓޫރިސްޓުން އަންނަ މުހިއްމު މާކެޓްތަކުގެ ތެރެއިން ކުރިއަށް ލަފާ ކުރެވޭ ބުކިންތައް ދަށްވުމުގެ ފުރުސަތު އެބައޮތެވެ. އޭގެ ސަބަބުން ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ އަދި މުހިއްމު ދައުރެއް އަދާކުރާ މީހުންނަށް ވިޔަފާރި ކުރިއަށް ގެންދިއުމަށާއި ހިދުމަތް ދިނުމުގައި މާލީ ދަތިތަކާ ކުރިމަތިވެފައިވާ ކަމަށް ބަޔާނުގައި ވެ އެވެ.
އެ ދެ ޖަމިއްޔާއިން ބުނީ، ޓޫރިޒަމް ދާއިރާގައި މުހިންމު ދައުރެއް އަދާކުރާ ލޯކަލް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި ގެސްޓް ހައުސްތަކާއި ޓްރެވެލް އެޖެންޓުންނާއި ޓުއާ އޮޕަރޭޓަރުންގެ ކުދި ވިޔަފާރިތައް މާލީ ގޮތުން
ބަލިކަށިވެ، ވިޔަފާރިތައް ހުއްޓާލަންޖެހޭ ހިސާބަށް ގޮސްފައިވާ ކަމަށެވެ.
"މަޓާޓޯ އާއި އެންއެޗްޖީއޭއެމް ގުޅިގެން
ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި، މާލީ އިދާރާތަކާއި އަދި ފަތުރުވެރިކަމުގެ
ވިޔަފާރީގައި އުޅޭ ފަރާތްތަކަށް ގޮވާލަނީ ސިނާއަތް ހަމައަކަށް އެޅުވުމަށާއި ދިވެހި
ވިޔަފާރިތައް ހިމާޔަތް ކުރުމަށް އަވަސް ކުރުމާއި ކާރިސާއެއް ކުރުމަތި ވުމުގެ
ކުރިން، އަވަސް ފިޔަވަޅު އެޅުމާއި ވިޔަފާރިތަކަށް އަވަހަށް އެހީތެރިވެދޭނެ
ގޮތްތަކެއް ރާވާ ތައާރަފްކުރުމަށެވެ،" ބަޔާނުގައި ބުނެފައިވެ އެވެ.
ގެސްޓް ހައުސް އެސޯސިއޭޝަނާއި މަޓާޓޯ އިން ބުނީ، މިހާރު މި އޮތް ހާލަތު ރަނގަޅު ކުރުމަށް ކުރިއަށް އޮތް ދުވަސްތަކުގައި އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށެވެ. އެގޮތުން އިންޓަރެސްޓް ފްރީ މޮރޮޓޯރިއަމް ލޯން ދިނުމާއި މިހާރު ހުރި ލޯނުތައް ރީސްޓްރަކްޗާ ކުރުމަށް އެހީތެރިވެދީ، ޓެކްސް ދެއްކުން
ފަސްކޮށްދިނުމާއި ފީތައް އަދި ކޯޓާފީ މައާފު ކޮއްދިނުމަށް ސަރުކާރާއި މާލީ އިދާރާތަކުން ވީ އެންމެ އަވަހަށް އެހީތެރިވާން ޖެހޭ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.
ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ މުހިއްމު ފިޔަވަޅުތައް:
ޓޫރިޒަމަށް 500 މިލިއަން ޑޮލަރުގެ ގެއްލުމެއް، ސަރުކާރުގެ އެހީތެރިކަމަށް އެދިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ