ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާ އެކު މާލެއިން ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ ވެބްސައިޓުގައިވާ ގޮތުން މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، އެ ތަކެތީގެ ވިޔަފާރިކުރާ ކަަމުގެ ތުހުމަތުގައި މިދިޔަ ބުރާސްފަތި ދުވަހު ހައްޔަރުކުރީ ގއ. ވިލިނގިލި، އެދުރުގެ، މުހައްމަދު ފައުޒާން، 35 އަދި ބަންގްލަދޭޝްގެ ޒާކިރު ހޮސައިން، 29، ނަމަކަށް ކިޔާ މީހެކެވެ.
އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ޒާކިރުގެ ބަންދަށް 15 ދުވަސް އަދި ފައުޒާންގެ ބަންދަށް ވަނީ 10 ދުވަހަށް ބަންދުކުރަން ވަނީ އަމުރުކޮށްފަ އެވެ.
އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނާތީ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.
ކިލޯއަކަށް ވުރެ ގިނަ ޑްރަގާ އެކު ދެ މީހަކު ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ