ހުޅުމާލެ 2 ގައި ހަދާ ބްލޫ ލެގޫން ލަގްޒަރީ ރެޒިޑެންސްގެ ކޮންސްޓްރަކްޝަން
މަސައްކަތްތަކުގެ އެންމެ މުހިންމު އެއް މަރުހަލާކަމަށްވާ ފައުންޑޭޝަނާއި ރާފްޓްގެ
މަސައްކަތްތައް ތިން މަސް ދުވަހުގެ ތެރޭގައި ނިންމާލައިފި އެވެ.
މިދިޔަ
ޖެނުއަރީ މަހުގެ 26 ވަނަ ދުވަހު މަސައްކަތްތައް ފަށައި، މިދިޔަ މަހުގެ ތެރޭގައި މި
މަރުހަލާ ނިންމާލައިފައި ވާއިރު މިއީ ރާއްޖޭގައި މިހާތަނަށް އެޅި އެންމެ ބޮޑު އެއް
ރާފްޓް ފައުންޑޭޝަން ކަމަށް ބްލޫ ލެގޫންއިން ބުންޏެވެ. އަދި ތިން މަސް ދުވަހުގެ
ތެރޭގައި މި މަރުހަލާ ނިންމާލެވުމަކީ އެ ޕްރޮޖެކްޓުގެ ޑިވެލޮޕަރުންގެ ގާބިލުކަން ހާމަވެގެންދާ
ކަމެއްގެ ގޮތުގައި އެ ކުންފުނިން ސިފަކުރެ އެވެ.
ބްލޫ ލެގޫން އިން ބުނީ ރާއްޖޭގެ އިމާރާތް ކުރުމުގައި
އެންމެ ގިނަ ޓެކްނިކަލް ގޮންޖެހުންތައް ކުރިމަތިވާ މަރުހަލާކަމަށްވާ ފައުންޑޭޝަންގެ
މަސައްކަތްތައް މިހާރު ނިމިފައިވާއިރު، އިމާރާތުގެ ސްޓްރަކްޗަރަލް މަސައްކަތްތައް
ފަސޭހައިން ކުރިއަށް ގެންދިއުމަށް މަގުފަހިވެފައިވާ ކަމަށެވެ. އަދި މި ޕްރޮޖެކްޓު
ނިންމަން ކަނޑައަޅާފައިވާ ތާރީހަށް މަސައްކަތްތައް ނިންމުމަށް އެ ކުންފުނިން
މަސައްކަތްކުރަމުން އަންނަ ކަމަށް ބުންޏެވެ.
ބްލޫ ލެގޫން އިން ބުނީ މި އަހަރުގެ ބޮޑު އީދާ ގުޅުވައި
ބޭންކާއި ރިސޯޓު އަދި އުރީދޫ އާއި ދިރާގުގެ މުވައްޒަފުންނަށް ހާއްސަކޮށް އެޕާޓްމަންޓުތަކުން
އެއް ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭ ހާއްސަ އޮފާއެއް ތައާރަފްކޮށްފައިވާ
ކަމަށެވެ. މި އޮފާގެ ދަށުން އެ ފަރާތްތަކަށް މި މަހުގެ ނިޔަލަށް އެޕާޓްމަންޓު
ގަނެވޭނެ އެވެ.
ބްލޫ ލެގޫންގެ އެޕާޓްމަންޓުތަކުގެ ތަފްސީލު
މީގެ އިތުރުން، ބްލޫ ލެގޫންއިން
ވަނީ އަލަށް "ސިގްނޭޗާ" އަދި "ގްރޭންޑާ" 1+4 އަލްޓްރާ
ލަގްޒަރީ އެޕާޓްމަންޓްތަކެއް ވެސް ތައާރަފްކޮށްފަ އެވެ.
މި ޔުނިޓްތަކަކީ އާންމުކޮށް ޕެންޓްހައުސްތަކުން ލިބޭ ފަދަ
ޕްރައިވެޓް ލޮބީއާއި، ތަނަވަސް ޓެރަސްތައް ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ 2,315
އާއި 3,150 އަކަފޫޓުގެ އެޕާޓްމަންޓުތަކެކެވެ.
ބްލޫ ލެގޫންގެ އެންމެ މަޝްހޫރު
އެއް ސިފަ އަކީ މި ތަނަކީ ލަގްޒަރީ ދިރިއުޅުމަކަށް ބޭނުންވާ އެކި ވަސީލަތްތައް
ފަސޭހައިން ލިބެން ހުންނާނެ ތަނަކަށްވުމެވެ. އެގޮތުން މި ތަނުގައި 35,000 އަކަފޫޓު
ހާއްސަކޮށްފައި ވަނީ ޖިމަކާއި ފެމިލީ އެންޓަޓެއިންމަންޓް ސެންޓަރަކާއި ތިއޭޓާއެއް
އަދި މަލްޓި ޕާޕަސް ހޯލަކާއި ކުޑަކުދިންގެ ކުޅޭ އޭރިއާއެއް ހިމެނޭ ފަދަ އެކި
ވަސީލަތްތަށް ހިމެނޭ ކްލަބް ހައުސްއެއް ހުންނާނެ އެވެ. އަދި އެ ތަނުގައި
ރާއްޖޭގައި މިހާތަނަށް ހަދާ އެންމެ ބޮޑު ޓެރަސް ގާޑަން ވެސް ހުންނާނެ އެވެ. އަދި
އެތަނުގައި ދެ ޓަވަރު ގުޅުވައި ހަދާ 24,000 އަކަފޫޓުގެ ހާއްސަ ޖާގައެއް ތަނުގައި
ދިރިއުޅޭ ފަރާތްތަކަށް ހާއްސަކޮށް އޮންނާނެ އެވެ. އެ ތަނުގައި ގާޑަންއެއްގެ
އިތުރުން ޖޮގިން ޓްރެކަކާއި ބޮޑު ސުވިމިން ޕޫލަކާއި އިތުރު އެމެނިޓީޒްތައް
ހުންނާނެ އެވެ.
މިތަނުގެ އެޕާޓްމަންޓުތައް ގަންނަން ޝައުގުވެރިވާ ފަރާތްތަކަށް
ހުޅުމާލޭގައި ހުންނަ ބްލޫ ލެގޫން ސޭލްސް އޮފީހަށް ޒިޔާރަތްކޮށް، ވީއާރް ޓުއާތަކުގެ އެހީގައި އެޕާޓްމަންޓްތައް ބަލާލުމުގެ ފުރުސަތު
މިހާރު ވަނީ ހުޅުވާލާފަ އެވެ.
ބްލޫ ލެގޫން ލަގްޒަރީ ރެޒިޑެންސްގެ ކޮންސްޓްރަކްޝަން މަސައްކަތުގެ އެންމެ މުހިންމު މަރުހަލާ ނިންމާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ