ފެމިލީ ކޯޓުން މިމަހު ރިސެސް އަށް ދިއުމަށް ނިންމައިފި

ފެމިލީ ކޯޓުން މި އަހަރުގެ ދެވަނަ ރިސެސްއަށް މިމަހު ދިއުމަށް ނިންމައިފިއެވެ.
ފެމިލީ ކޯޓުން މިކަމާއި ބެހޭގޮތުން އެކްސް ގައި ކުރި ޓްވީޓެއްގައި ބުނީ އެ ކޯޓުން މިމަހުގެ 13 އިން ފެށިގެން 31 އާއި ހިސާބަށް އެކޯޓުން ރިސެސްއަށް ދިއުމަށް ނިންމާފައިވާކަމަށެވެ.
ރިސެސް ގައި އޮންނަ މުއްދަތުގައި މައިގަނޑު ގޮތެއްގައި ތަފާތު ދާއިރާތަކުން ކޯޓުގެ ގާޒީންނާއި މުވައްޒަފުންނަށް އަމާޒުކޮށްގެން ތަމްރީން ޕްރޮގްރާމްތައް ހިންގުމާއި ހޭލުންތެރިކަމުގެ ސެޝަންތައް ކުރިއަށް ގެންދާނެ ކަމަށްވެސް އެ ކޯޓުން ވަނީ ބުނެފައެވެ.
Advertisement
މީގެ އިތުރުންވެސް ފެމިލީ ކޯޓުން ބުނީ ރިސެސްގެ މުއްދަތުގެ ތެރޭގައި މައްސަލަތައް ހިންގުން މަދުކުރެވޭނެ ކަމަށެވެ. ނަމަވެސް ކައިވެނި އަގުދު ކޮށްދިނުމާއި، ޚަރަދު ފައިސާ ބަލައިގަނެ ދޫކުރުމާއި، ފަސްކުރެވެން ނެތް ބާވަތުގެ މައްސަލަތަކާއި ގުޅޭ ޝަރީއަތްތައް ހިންގުމާއި، އަމުރު ނެރުން ފަދަ މަސައްކަތް ތައް ކޯޓުން ކުރިއަށް ގެންދާނެއެވެ.
މިއަހަރުގެ ޖޫން މަހުގެ 01 ވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހާއި ހަމައަށް ވެސް ފެމިލީ ކޯޓުން ވަނީ ރިސެސް އަށް ގޮސްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ