އީއައިއޭ ނަހަދައި އިންޖީނުގެ އެޅުމުން ފެނަކައަށް 4 މިލިއަންގެ ޖޫރިމަނާއެއް!

ފެނަކަ ކޯޕަރޭޝަނުން އެންވަޔަރަމެންޓަލް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ފުރިހަމަނުކޮށް 21 ރަށެއްގެ އިންޖީނުގެ އެޅުމުގެ މަސައްކަތް ކޮށްފައިވާކަން ޔަގީންވެފައިވާތީ އެ ކުންފުނި 4،200،000ރ. (ހަތަރު މިލިއަން ދެލައްކަ ދިވެހިރުފިޔާ) އިން ޖޫރިމަނާ ކޮށްފައިވާ ކަމަށް އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބުނެފިއެވެ.
އީޕީއޭ އިން ބުނީ، ފެނަކައިން އީއައިއޭ ނަހަދައި 21 ރަށެއްގެ އިންޖީނުގޭގެ މަސައްކަތް ފެށި މައްސަލަ ބަލައި، އެ އެޖެންސީއަށް އެއްކުރެވުނު މައުލޫމާތުންނާއި، ދެ ފަރާތް ދެމެދުގައި ބަދަލުކުރެވިފައިވާ ލިޔެކިޔުންތަކަށް ރިއާއަތް ކުރުމުން ޔަގީން ކުރެވިފައިވާ ކަމަށާއި، މިގޮތުން ފެނަކަ ޖޫރިމަނާކުރީ ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދުގެ ދަށުން ކަމަށެވެ.
ޖޫރިމަނާ އަށްވާ އެ ފައިސާ މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި އީޕީއޭއަށް ދެއްކުމަށް ފެނަކައަށް ވަނީ އަންގާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ