67 މިލިއަނަށް ސިންގަޕޫރުން މުއިއްޒު އެޕާޓްމެންޓް ގަތްތާ 5 މަސް ނުވަނީސް 9.4 މިލިއަނަށް ޝުޖާޢު ހުޅުމާލެއިން ބިމެއް ގަނެފި

67 މިލިއަނަށް ސިންގަޕޫރުން މުއިއްޒު އެޕާޓްމެންޓް ގަތްތާ, 5 މަސް ނުވަނީސް 9.4 މިލިއަނަށް ޝުޖާޢު ހުޅުމާލެއިން ބިމެއް ގަނެފިއެވެ.
ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން އެ ބިން ޝުޖާއު އަށް ވިއްކައި އޭނާގެ މައްޗަށް ބިމުގެ މިލްކުވެރިކަން ބަދަލުކުރުމަށް ސިވިލް ކޯޓުން ނިންމީ އިއްޔެ އެވެ. ކޯޓުގެ ނިންމުމުގައިވާ ގޮތުން ޝުޖާއު ގަތީ ހުޅުމާލެ ހުޅުމާލޭގެ ލޮޓު ނަމްބަރު 20339 އެވެ. އެ ބިމުގެ ބޮޑުމިނަކީ 2،197 އަކަފޫޓެވެ.
އެ ބިން ގަތުމަށް ޖީއެސްޓީ ހިމެނޭހެން ޝުޖާއު ވަނީ އެޗްޑީސީއަށް ޖުމްލަ 9،488،318.40ރ. ދައްކައިފަ އެވެ. 
ޝުޖާއު ވަނީ 18 ވަނަ މަޖިލީހުގައި ވެސް ބާރަށު ދާއިރާގެ މެންބަރުކަން އަދާކުރައްވައިފަ އެވެ. ޖެހިގެން އައި އިންތިހާބުގައި އެ ގޮނޑިއަށް ވާދަކުރެއްވި ނަމަވެސް ނާކާމިޔާބުވެ، ވޭތުވެދިޔަ ފަސް އަހަރު އޭނާ ހުންނެވީ އިދިކޮޅު ޕީއެންސީ ކޯލިޝަނުގެ އިސް ސަފުގަ އެވެ.
ޝުޖާޢު އަށް ވައްކަން ކުރުމަށް ޑީލްތައް ދެމުން ދަނީ މުއިއްޒު އަންގައިގެންނެވެ. މި ގޮތުން އިވެންޓް މެނޭޖްމެންޓްގެ ނަމުގައި ނުބާއްވާ އިވެންޓްތަކަށް ވެސް އެތައް މިލިއަނެއް މުއިއްޒު އަށް ބައި އެޅޭ ގޮތަށް ޝުޖާޢު އަށް ވަނީ ދީފައެވެ. މި ގޮތުން އީދުގައި ކެންސަލް ކުރި ޝޯއަކަށް ވެސް ޝުޖާޢު އަށް މުއިއްޒު ޔޫތް މިނިސްޓްރީއިން ފައިސާ ދޫކޮށްފައިވެއެވެ.
މިފަދައިން ފައިސާ ދޫކުރަމުންދާއިރު, ހަލާލު މަސައްކަތް ކޮށް, ފައިސާ ނުލިބި އެތައް ވިޔަފާރިތަކެއް މުއިއްޒުގެ ސަރުކާރުން ދަނީ ބަނގުރޫޓު ކުރަމުންނެވެ.
ރާއްޖޭގެ އެންމެ ގިނަ އެޕާޓްމެންޓް ޔާމީންގެ ވެރިކަމުގައި މަކަރާއި އޮޅުވާލުމުގެ ތެރެއިން ހޯދި މިހާރުގެ ހެލްތު މިނިސްޓަރ އަބްދުالله ހަލީލު ވަނީ, މި ދިޔަ މަހު ވަނީ ތިން މިލިއަން ރުފިޔާއަށް ހުޅުމާލެއިން ފްލެޓެއް ގަނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ