ބިދޭސީން ތަކަކަށް ވަޅިން ބިރުދައްކައި އިނގިލި ބުރިކޮށްލާނެ ކަމަށް ބުނެ ފޭރުނު ބަޔަކު ހައްޔަރު ކޮށްފި

ބިދޭސީން ތަކަކަށް ވަޅިން ބިރުދައްކައި އިނގިލި ބުރިކޮށްލާނެ ކަމަށް ބުނެ ފޭރުނު ބަޔަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނީ، ރޭ ރަސްފަންނުގައި ތިބި ބިދޭސީންތަކަކަށް ވަޅިން ބިރުދައްކައި ލާރި ނުދީފިނަމަ އިނގިލިތައް ބުރިކޮށްލާނެ ކަމަށް ބުނެ އިންޒާރުދީ ބިރުދައްކައިގެން ދެ ބިދޭސީއެއްގެ ވޮލެޓްގައި ހުރި ފައިސާ ފޭރިފައިވާ ކަމަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ސ. ހިތަދޫ / އަތިރީގެ، އަޙްމަދު ސިވާތު (37އ) އަދި ސ. ހިތަދޫ / ޑިލައިޓްފޭސް، މުޙައްމަދު ސާލިމް (37އ) ރޭގެ ވަގުތެއްގައި ވަނީ ހައްޔަރުކޮށްފައިވާ ކަަމަށް ފުލުހުން މައުލޫމާތު ދެއެވެ.
Advertisement
އަދި އެމީހުން ފޭރުނު ފައިސާތައް ވަނީ ހޯދާފައިވާ ކަމަށާ މައްސަލަ ފުލުހުން ތަޙުޤީޤު ކުރަމުންދާ ކަމަށް އެ އިދާރާއިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ