ވަޅިން ބިރުދައްކާ ލާރި ނުދީފިނަމަ އިނގިލިތައް ބުރިކޮށްލާނެ ކަމަށް ބުނެ ފޭރިއްޖެ

ފުލުހުން ބުނީ އެ މީހުން ރޭ ހައްޔަރުކޮށް ފޭރުނު ފައިސާތައް ވެސް ހޯދާފައިވާ ކަމަށެވެ.
ވަޅިން ބިރުދައްކާ ލާރި ނުދީފިނަމަ އިނގިލިތައް ބުރިކޮށްލާނެ ކަމަށް ބުނެ ފޭރިއްޖެ އެވެ.
ފުލުހުން ބުނީ ރަސްފަންނުގައި ތިބި ބިދޭސީންތަކަކަށް ވަޅިން ބިރު ދައްކައި ލާރި ނުދީފިނަމަ އިނގިލިތައް ބުރިކޮށްލާނެ ކަމުގެ އިންޒާރުދީ ދެ ބިދޭސީއެއްގެ ވޮލެޓް ފޭރިގަނެ އޭގައި ހުރި ފައިސާތައް އަތުލާފައިވާ ކަމަށެވެ.އެ ކަން ކުރި ދެ މީހުން މިހާރު ވަނީ ހައްޔަރު ކޮށްފަ އެވެ.އެއީ އައްޑޫ ސިޓީ ހިތަދޫ އަތިރީގެ، އަހްމަދު ސިވާތު އާއި ހިތަދޫ ޑިލައިޓްފޭސް، މުހައްމަދު ސާލިމް އެވެ. އެ ދެ މީހުންގެ ފޮޓޯއާ ވަނަވަރު ވެސް ފުލުހުން ވަނީ އާންމު ކޮށްފަ އެވެ.ފުލުހުން ބުނީ އެ މީހުން ރޭ ހައްޔަރުކޮށް ފޭރުނު ފައިސާތައް ވެސް ހޯދާފައިވާ ކަމަށެވެ.ރާއްޖޭގައި ކުށުގެ ވެށި ފުޅާވެ ވަރަށް އަނިޔާވެރި އަމަލުތައް ދަނީ ހިންގަމުންނެވެ. މީހުންނަށް ބިރުދައްކާ އިންޒާރުދީ ބަރަހަނާކޮށް ބްލެކްމެއިކް ކުރުވާ އެކި ކަހަލަ އަނިޔާދީ ފޭރުމާއި ކުށުގެ ވެށީގައި މީހުން ގެންގުޅުމުގެ ހާދިސާތައް ހިނގުން ވަނީ އިތުރުވެފަ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ