ބީއެމްއެލްގެ ބާރުތައް މުއިއްޒު ފުލުހުންގެ އިދާރާ ބޭނުންކޮށްގެން ފޭރިގަނެފައި ވަނިކޮށް ބޯޑު މެންބަރު ސަޖުނީ އިސްތިއުފާ ދީފި

ބީއެމްއެލްގެ ބާރުތައް މުއިއްޒު ފުލުހުންގެ އިދާރާ ބޭނުންކޮށްގެން ފޭރިގަނެފައި ވަނިކޮށް ބޯޑު މެންބަރު ސަޖުނީ އިސްތިއުފާ ދީފިއެވެ.
ބީއެމްއެލް ހައިޖެކް ކޮށް, އެ ކުންފުނީގެ ބާރުތައް މުއިއްޒު ފޭރިގަނެފައި ވަނީ, ބަޣާވާތް ކުރި ކަމުގެ ތުހުމަތު އަޅުވައި, މުޅި ބޭންކާއި ދެކޮޅަށް ޖިނާޢީ ތަހުގީގެއް ހިންގަމުންދާ ކަމަށް ހާމަކޮށްގެންނެވެ. މުއިއްޒު އުފެއްދި މި ބިރުވެރި ހާލަތުގެ ސަބަބުން ބޭންކުން ބޭންކުގެ ކަސްޓަމަރުންގެ ފައިދާއަށް އެއްވެސް ނިންމުމެއް ނިންމުމެގެ ބާރު މިހާރު ވަނީ ގެއްލިފައެވެ.
ސަޖުނީ މިވަގުތު ހުންނެވީ ރާއްޖެއިން ބޭރުގަ އެވެ. 
މިކަމާ ގުޅޭ ގޮތުން ބޭންކުގެ ރަސްމީ ބަހެއް ހޯދުމަށް ކުރި މަސައްކަތް މިހާތަނަށް ކާމިޔާބުވެފައެއް ނުވެ އެވެ.
ސަޖުނީ އިސްތިއުފާ ދެއްވިއިރު، ބީއެމްއެލްގެ މެނޭޖިން ޑިރެކްޓަރު ކަމާއި ސީއީއޯގެ މަގާމުގައި ހުންނެވި ކާލް ސްޓުމަކް އަދި ބޯޑު މެންބަރު އައިޝަތު ނޫރައްދީން ވެސް ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. އައިޝަތު ނޫރައްދީން އޮގަސްޓު 27، ގައި އިސްތިއުފާ ދެއްވިއިރު ސްޓުމަކް އިސްތިއުފާދެއްވީ މި ހިނގާ ސެޕްޓެމްބަރު 9، ގަ އެވެ.
އައިޝަތު އިސްތިއުފާ ދެއްވީ އޭނާ މަގާމުން ވަކިކޮށްފައިވާ ކަމަށް ބުނެ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ސިޓީއެއް ވެސް ފޮނުވާފައިވަނިކޮށެވެ. ސްޓުމަކް އިސްތިއުފާ ދެއްވީ ބޭންކުގެ ކާޑުތަކުގެ ލިމިޓަށް ބަދަލު ގެންނަން އެ ބޭންކުގެ ބޯޑުން ނިންމި ޕްރޮފެޝަނަލް ނިންމުމަކީ “މާލީ ބަގާވާތެއް” ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހަދައި، އެކަމުގެ ތަހުގީގު ފުލުހުން ފަށާފައި ވަނިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ