އެމްޑީޕީގެ ސަރުކާރުން ޕޭ ފްރޭމްވޯކް އެކުލަވާލާފައިވާ ގޮތުން، ޑިގްރީ ފެންވަރުގެ މުދައްރިސުންނަށްވުރެ މާސްޓަސް ޑިގްރީ ހާސިލްކޮށްފައިވާ މުދައްރިސުންގެ މުސާރަ ކުޑަވާ މައްސަލައެއް ކުރިމަތިވެފައިވާ ކަމަށް މިނިސްޓަރ އޮފް އެޑިއުކޭޝަން، ހަޔަރ އެޑިއުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.
މި މައްސަލަ ދިމާވާ ގޮތް ތަފްސީލްކޮށްދެއްވަމުން މިނިސްޓަރު ވިދާޅުވީ، އެމްޑީޕީ ސަރުކާރުން އެންމެ ފުރަތަމަ ޕޭ ފްރޭމްވޯކް އެކުލަވާލިއިރު، ޑިގްރީ ހާސިލްކޮށްފައިވާ މުދައްރިސުންނަށް ސްޓެޕް ޕްރޮމޯޝަންތަކެއް ލިބޭގޮތް ހެދުމަށްފަހު، މާސްޓަސް ޑިގްރީއަށް ހަތަރު އަހަރު ދުވަހުގެ ކެޕެއް ނުވަތަ ޕީރިއަޑެއް ކަނޑައަޅާފައިވާ ކަމަށެވެ. އެހެން އެކަން އޮތުމުން، ޑިގްރީ ފެންވަރުގައި ތިބެގެން ސްޓެޕް ޕްރޮމޯޝަން ލިބުމަށްފަހު، އެ މުދައްރިސަކު މާސްޓަސް ޑިގްރީގެ ގޮޅިއަށް ބަދަލުވުމުން މުސާރަ ދަށްވާ ކަމަށް މިނިސްޓަރު ޝަފީއު ވިދާޅުވިއެވެ.
"މިހާރު ނިކުންނަ ނަތީޖާއަކީ މާސްޓަސް ޑިގްރީ ހަދާފަހުރި މުދައްރިސެއް އެބޭފުޅާ އަތުގަ އޮތް ޑިގްރީއާއެކު ސްޓެޕް ޕްރޮމޯޝަން ލިބުނީމަ، އެ ސްޓެޕް ޕްރޮމޯޝަން ލިބިފަހުންނަ މުދައްރިސް މާސްޓަސް ޑިގްރީގެ ގޮޅިއަށްދިޔައިމަ، މުސާރަ ދައްވާގޮތް ވަނީ،" މިނިސްޓަރު ޝަފީއު ވިދާޅުވިއެވެ.
އެމްޑީޕީ ސަރުކާރުން ޕޭ ފްރޭމްވޯކް އެކުލަވާލީ މާސްޓާރސް ޑިގްރީ ޓީޗަރުންގެ މުސާރަ ކުޑަވާ ގޮތަށް: ޝަފީއު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ