އައްޑޫ ސިޓީ ކައުންސިލުގެ އޮޑިޓުތަކާ ގުޅިގެން ޖިނާއީ ތަހުގީގެއްކޮށް އެލްޖީއޭގެ އިންކުއަރީއެއް ހިންގަން އަންގަނީ

އައްޑޫ ސިޓީ ކައުންސިލުގެ އޮޑިޓު ރިޕޯޓުގައި އޮޑިޓާ ޖެނެރަލް ފާހަގަކުރި މައްސަލަތަކާ ގުޅިގެން ޖިނާއީ ތަހުގީގެއް ހިންގުމަށާއި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އިންކުއަރީއެއް ހިންގަން ލަފާ ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ނިންމައިފި އެވެ. 
އައްޑޫ ކައުންސިލުގެ މައްސަލަތަކެއް ބަލަން އިދާރާތަަކަށް އަންގަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމީ އޮޑިޓާ ޖެނެރަލް އޮފީހުން އާންމުކޮށްފައިވާ އެ ކައުންސިލުގެ 2022 އަދި 2023 ގެ ކޮމްޕްލަޔަންސް އޮޑިޓާއި 2024 މާލީ ބަޔާންތަކުގެ އޮޑިޓު ދިރާސާކުރުމަށް ފަހުގަ އެވެ.
Enterprise Development Industrial Pvt Ltd
MU STORE
MGH Group of Companies
Zetta Enterprises Pvt Ltd
MU STORE
އޮޑިޓު އޮފީހުން ނެރުނު ރިޕޯޓުތަކުގައި އައްޑޫ ސިޓީ ކައުންސިލުން މާލިއްޔަތު ގަވާއިދާއި ފިނޭންސް މިނިސްޓްރީން ނެރެފައިވާ ސާކިއުލާތަކާ ހިލާފަށް އަމަލުކޮށްފައިވާ މައްސަލަތައް ފާހަގަކުރި އެވެ. އަދި ބިންތައް ކުއްޔަށް ދިނުމާއި ކައުންސިލަށް ތަކެތި ގަތުމުގައި ވަކި ބަޔަކަށް މަންފާވާ ގޮތަށް އަމަލުކޮށްފައިވާ ކަމަށް ބުނެ އެ މައްސަލަތައް އިތުރަށް ތަހުގީގުކުރަން ލަފާދީފައިވެ އެވެ.
މާލިއްޔަތު ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި އޮޑިޓު ރިޕޯޓާ ގުޅޭ މައްސަލަތައް ފުލުހަށް ހުށަހަޅައިގެން ތަހުގީގުކުރުމަށާއި އެލްޖީއޭއިން އިންކުއަރީއެއް ހިންގަން ހުށަހެޅުއްވީ އައްޑޫ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގެވެ.
ފިނޭންސުގެ އެންގުންތަކާ ހިލާފަށް، އައްޑޫ ސިޓީ ކައުންސިލުން ތަޖުރިބާ ހޯދުމުގެ ނަމުގައި ސިންގަޕޫރާއި މެލޭޝިއާއަށް ކުރި ދަތުރުތަކަކަށް 1.2 މިލިއަން ރުފިޔާ ހަރަދުކުރިއިރު، އޮޑިޓުގައި ވަނީ އެ ދަތުރުތަކުގައި ގޮސް ކުރީ ދަތުރުގެ މަގުސަދާ ނުގުޅޭ ކަންކަން ކަމަށާއި ލިބުނު ތަޖުރިބާއެއް ނޫނީ ވީފައިދާއެއް ލިޔެކިޔުމުން ފެންނާކަށް ނެތް ކަމަށް.
މި ގޮތަށް ހުށަހަޅާ ސަބަބެއް ކަމަށް އަޒާން ވިދާޅުވީ، އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވާ 10 މައްސަލައަކީ ޖިނާއީ މައްސަލަތަކަށް ވުމެވެ. އޭނާ ވަނީ، މި ތަހުގީގުތައް ކުރިއަށްދާ ގޮތް ކޮންމެ ދެ ހަފުތާއަކުން ކޮމިޓީއާ ހިއްސާކުރާށެވެ.
އެލްޖީއޭގެ އިންކުއަރީއެއް ހިންގަން އަޒާން ހުށަހެޅުއްވީ އޭރު ތިބި ގިނަ ކައުންސިލަރުން މިހާރު ވެސް އެބަ ތިބި ކަމަށް ފާހަގަކުރައްވަމުންނެވެ. އޭނާ ވިދާޅުވީ، އޮޑިޓުގައި ލާމަޒުކަޒީ ގާނޫނާ ހިލާފަށް ގިނަ ކަންތައްތަކެއް ކޮށްފައިވާ ކަމަށާއި، އެހެންކަމުން އެލްޖީއޭއަށް އިންކުއަރީ ހިންގޭނެ ކަމަށެވެ. 
"މީގަ އެބަހުރި އަޅުގަނޑުމެން ދިރާސަކޮށްލި އިރުގައި، ގާތްގަނޑަކަށް އޮޑިޓާ ޖެނެރަލް 20، 21 ކަންތައް ފާހަގަކޮށްފަ އެބަހުރި. ދެން އޭގެ ތެރެއިން 10 ވަރަކަށް މައްސަލަ އެއީ ހަމަ ސީދާ ޖިނާއީ ކަންތައްތަކަށް، އެ ކެޓެގަރީގެ ކަންތައްތައް އެބަހުރި،" އޭނާ ވިދާޅުވި އެވެ. 
މާލިއްޔަތު ކޮމީޓިން މި ގޮތަށް ފާސްކުރުމުގެ ކުރިން ސަރުކާރު ހިންގާ ޕީއެންސީއަށް ނިސްބަތްވާ މެންބަރުންނާއި އެމްޑީޕީގެ މެންބަރުން ވަނީ އޮޑިޓު ރިޕޯޓުތަކާ ގުޅިގެން ދެބަސްވެ، ބަހުސްކުރައްވާފަ އެވެ. 
އެ ގޮތުން ކޮމިޓީގައި އިންނަވާ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ (ގަޕޯ) ވަނީ އައްޑޫ ސިޓީ ކައުންސިލުގައި ވައްކަމެއް ނުހިނގާ ކަމަށް ވިދާޅުވެފަ އެވެ. އެހެން ނަމަވެސް،  އޮޑިޓު ރިޕޯޓުތަކުގައި "އުސޫލީ" ގޯސްތަކެއް އެބަހުރި ކަމަށް ވިދާޅުވެ، އެ މައްސަލަތައް ތަހުގީގުކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. 
"އަޅުގަނޑު ދަންނަވާނީ މިއީ ހަމަ ހާއްސަ ކަމެއް ދީގެން ވައްކަމެއް ހިނގާފައިވާ ކަމަށް ގަބޫލުކޮށްގެން އައްޑޫ ސިޓީ [ކައުންސިލު] ގެ އޮޑިޓު ރިޕޯޓު މި ތަނަށް ގެންނަން ޖެހޭ ވަރުގެ ބޮޑު ހިޔާނާތުގެ ކަމެއް މި ތަނުގައި ހިނގާފައި ނެތް،" ގަޕޯ ވިދާޅުވި އެވެ. 
ގަޕޯ ވިދާޅުވީ އައްޑޫ ސިޓީ ކައުންސިލުގެ މައްސަލަތައް ބަލަމުން ދަނީ ޒާތީ މައްސަލަތަލެއް އޮވެގެން، ވަކި ބަޔަކަށް އަމާޒުކޮށްގެން ކަމަށެވެ. މި ވާހަކަތައް ތަކުރާރުކުރައްވަމުން އެ ކޮމިޓީގައި އިންނަވާ އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ އަނެއް މެންބަރު، ހުޅުމާލޭ ދާއިރާގެ މެންބަރު މުހައްމަދު ޝަމްހީދު ވެސް ވަނީ ޒާތީ ގޮތުން މައްސަލަ ބަލާ ކަަމަށް ތުހުމަތުކުރައްވާފަ އެވެ. 
"މި މަޖިލީހަށް އަޅުގަނޑުމެން އަންނާނީ އަޅުގަނޑުމެންގެ ޒާތީ ހަސަދަ ފިލުވާކަށް ނޫން، ޒާތީ މައްސަލަ ބަލާކަށް ނޫން." އޭނާ ވިދާޅުވި އެވެ. 
އެމްޑީޕީގެ މެންބަރުންގެ ވާހަކަތަކަށް ރައްދު ދެމުން ކޮމިޓީގައި އިންނަވާ ޕީއެންސީއަށް ނިސްބަވްވެވަޑައިގަންނަވާ، ފުނަދޫ ދާއިރާގެ މެންބަރު މަމްދޫހު ވިދާޅުވީ އަމިއްލަ ވައްގަނޑުން ފައިސާ ނަގާހެން ކައުންސިލުތަކުން ކުރާ ކަންކަން އުސޫސީލ ގޯސްތައް ކަމަށް ބުނެ ދޫކޮށްލެވެން ނެތް ކަމަށެވެ. އަދ، މިކަހަލަ މައްސަލަތަކަކީ އުސޫލީ މައްސަލަތަުގައި ގޮތުގައި ދެކޭ ނަމަ، މި ގައުމުގައި ވައްކަމެއް ނުހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އައްޑޫގެ ޓޫރިޒަމް ޒޯންތަކުން ދޫކޮށްފައިވާ ބައެއް ބިންތަކުގެ ސައިޒު އިއުލާނުކުރުމަކާ ނުލައި ބޮޑުކޮށްދީފައިވާތީ އޮޑިޓް ރިޕޯޓުގައި ކަންބޮޑުވުން ފާޅުކޮށްފައިވީ ނަމަވެސް، އެއީ ޓޫރިޒަމް ކުރިއެރުވުމަށް ކައުންސިލަށް ލިބިގެންވާ ބާރުގެ ދަށުން ކުރި ކަމެއް ކަމަށް މޭޔަރު ނިޒާރު ވިދާޅުވި.
އޮޑިޓުގައި ފާހަގަކުރި މައްސަލަތަކާ ގުޅިގެން އައްޑޫ ސިޓީގެ މޭޔަރު މުހައްމަދު ނިޒާރު (ދެކުނު ނިޒާރު) ވިދާޅުވެފައި ވަނީ ގާނޫނާ ހިލާފަށް ކަމެއް ކޮށްފައިވާ ކަމަކަށް ގަބޫލުނުކުރައްވާ ކަމަށެވެ. އަދި، ބައެއް ވިޔަފާރިތަކަށް ލުއި ދިނުން ފަދަ ކަންކަން ދިފާއުކުރައްވަމުން އޭނާ ވިދާޅުވީ އެއީ ކައުންސިލަރުން ވޯޓު ދީގެން، ކައުންސިލަށް ލިބޭ ބާރުތަކުގެ ތެރެއިން ކުރި ކަންކަން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ