ބޮޑުތަކުރުފާނު މަގުގައި ކަނޑައަޅާފައިވާ ސަރަޙައްދުތަކުން ބޭރުގައި ޕާކު ނުކުރުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.
ފުލުހުން ކުރި އިޢުލާނެއްގައި ވިދާޅުވީ ބޮޑުތަކުރުފާނުމަގުގެ ސެގްމަންޓް 2 އިން ފެށިގެން 5 އާ ހަމައަށް ހިމެނޭ ސަރަޙައްދު ހުޅުވާލާފައިވާކަމަށެވެ. އަދި އެ ސަރަޙައްދުގެ މަސައްކަތް ނިމުމުން މާލެ ވަށައިގެންވާ ބޮޑުތަކުރުފާނު މަގު އެއްކޮށް ހުޅުވާލާފައިވާކަމަށެވެ.
ފުލުހުން ވިދާޅުވީ އުޅަނދުތައް ޕާކްކުރަންވާނީ ހަމައެކަނި އެކަމަށް ކަނޑައަޅާފައިވާ ޕާކިން ޒޯންތަކުގައިަމަށެވެ. އަދި އެނޫންތަނެއްގައި ޕާކުނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. މީގެ އިތުރުން ޤަވާއިދާ ޚިލާފަށް ޕާކުކުރާ އުޅނަދުތަކާމެދު ފިޔަވަޅު އަޅަމުންދާނެކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ބޮޑުތަކުރުފާނު މަގު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ބީއެމްއެލް ހެޑްއޮފީސް ކުރިމަތީގައި ވަނީ ޕާކިން ޒޯނެއް ތަރައްޤީކޮށްފައެވެ. އެ ޕާކިން ޒޯނަކީ، 500 ސައިކަލު ޕާކު ކުރެވޭ ގޮތަށް ތަރައްޤީކޮށްފައިވާ ޕާކިން ޒޯނެކެވެ. މަގު ތަަރައްޤީ ކުރުމުގެ މަސައްކަތުގެ ދަށުން ، ރަސްމީ ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް އޮންނަ 700 މީޓަރުގެ ސަރަޙައްދު ވަނީ ތަރައްޤީކޮށްފައެވެ.
ބޮޑުތަކުރުފާނުމަގު: ޒޯނުން ބޭރުގައި ޕާކްކުރާނަމަ ފިޔަވަޅު އަޅާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ