ބަނގުރާ ވިއްކާ އިންޑިއާ މީހަކު ހުޅުމާލެއިން ހައްޔަރުކޮށްފި

މި ޖުލައި މަހުގެ 23 ވަނަ ދުވަހުގެ ރޭ ހިންގި މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ އުމުރުން 26 އަހަރުގެ އިންޑިއާ ރައްޔިތެއް ކަމަށްވާ ދިނެޝް ކުމާރު މުރްގެސަންއެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ފޭސް 1 ގެ މަގުމަތިންނެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާގެ ބަންދަށް ތިން ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ. ފުލުހުން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ