އިޓަލީވިލާތުގެ ކޯޗުކަމާއި ހަވާލުވެވޭކަށް ނެތް: ގާޑިއޯލާ

އިޓަލީވިލާތުގެ ޤައުމީ ޓީމުގެ ކޯޗުކަމާއި މިވަގުތު ހަވާލު ވެވެން ނެތްކަމަށް ބުނެ ސްޕެއިންގެ ތަޖްރިބާކާރު ކޯޗު ޕެޕް ގާޑިއޯލާ އެފުރުސަތު ދޫކޮށްލައިފިއެވެ.
މަޢުލޫމާތުލިބޭގޮތުގައި ޕެޕް މިހާރުވަނީ މިކަން އިޓާލިއަން ފުޓްބޯލް ފެޑެރޭޝަނަށް އަންގާފައެވެ. ޕެޕް ހާމަކުރިގޮތުގައި އޭނާ ބޭނުންވަނީ ކުރިންވެސް ރާވާފައިވާގޮތުގެ މަތިން މިވަގުތު ފުޓްބޯޅަ އާއި ދުރުގައި އަރާމުކޮށް އޭނާގެ އާއިލާ އާއެކު ގިނަ ވަގުތު ހޭދަކުރާށެވެ.
އިޓާލިއަން ފެޑެރޭޝަންގެ ޓެކްނިކަލް ޑިރެކްޓަރ ކަމުގެ މަގާމުގައި މިހާރު ހުރި ޕައުލޯ މަލްޑީނީ އާއި އޭނާގެ އެޑްވައިޒަރގެ ގޮތުގައި މަސައްކަތް ކުރާ ލިއޮނާޑޯ، ޕެޕް އާއި މަޝްވަރާ ކޮށްފައިވަނީ މިދިޔަ ހަފްތާގެ ތެރޭގައެވެ. އިޓާލިއަން ފެޑެރޭޝަނުން ތިބީ ޕެޕް މަގާމާއި ހަވާލުވާނަމަ އެފަރާތުން އާންމުކޮށް ކޯޗުންނަށް ދޭ މުސާރަ ބޮޑުކުރުމަށްވެސް ތައްޔާރަށް ކަމަށްވެއެވެ. ނަމަވެސް އެންމެ ފަހު ވަގުތު ޕެޕް މިވަނީ އެފުރުސަތު މިވަގުތަށް ގަބޫލް ކުރެވެން ނެތްކަން ހާމަކޮށްފައެވެ.
މީގެއިތުރުން އިޓާލިއަން ފެޑެރޭޝަނުން ކާލޯ އެންޗެލޯޓީ އާއެކު މަޝްވަރާކުރިކަންވެސްވަނީ މިހާރު ހާމަވެގެން ގޮސްފައެވެ. ނަމަވެސް ބްރެޒިލްގެ ކޯޗުކަމުގެ މަގާމުގައި މިހާރު ހުރި އެންޗެލޯޓީވަނީ އެކަން ގަބޫލް ނުކުރަން ނިންމާފައެވެ.
މިހާރު ހަބަރުތައް ލިބޭގޮތުގައި އިޓަލީވިލާތުގެ ޤައުމީ ޓީމާއި ހަވާލުވުން އެންމެ ގާތީ ޔޫއޭއީގެ ޔުނައިޓެޑް އެފްސީއަށް ކޯޗު ކޮށްދެމުންދާ އިޓަލީވިލާތުގެ ކުރީގެ ތަޖްރިބާކާރު ކުޅުންތެރިޔާ އަންދުރެއާ ޕީރްލޯއެވެ. މީގެއިތުރުން އެންޓޯނިއޯ ކޮންޓޭ އާއި ރޮބާޓޯ މަންޗީނީގެ ނަންވެސް އިޓަލީވިލާތުގެ ޤައުމީ ޓީމާއި ގުޅުވައިގެން ދެކެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ