ބޮޑުތަކުރުފާނުމަގު ޒަމާނީކުރުމުގެ މަސައްކަތުގެ ދަށުން އެންމެ ފަހުން ތަރައްގީކުރި ސަރަހައްދު އާއްމު ދަތުރުފަތުރަށް މިއަދު ހުޅުވާލި ބައިގައި، ގަވައިދާ ހިލާފަށް ޕާކު ކުރާނަމަ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފި އެވެ.
އެންމެ ޒަމާނީ ފެންވަރަށް އަދި ވަރަށް ޗާލުކޮށް ޑިޒައިންކޮށްފައިވާ އެ މަގުގެ ހެންވޭރު ޓާމިނަލުން ފެށިގެން އެމްއެމްއެމްއޭއާ ހަމައަށް ހެދި ބައި މިއަދު ހަވީރުން ފެށިގެން ވަނީ އާންމުކޮށް ހުޅުވާލައިފަ އެވެ.
އެ ސަރަހައްދުގެ ޕާކިންއަށް، ބޭންކް އޮފް މޯލްޑިވްސް ކުރިމަތީގައި 500 ސައިކަލުގެ ޖާގައިގެ ޕާކިން ޒޯނެއް ވަނީ ތަރައްގީކޮށްފަ އެވެ.
The most trusted news source in the Maldives
ފުލުހުން މިއަދު ވަނީ މާލެ ވަށައިގެންވާ ބޮޑުތަކުރުފާނު މަގުގައި ޕާކްކުރުމަށް ހާއްސަކޮށް ކަނޑައަޅާފައިވާ ޕާކިން ޒޯންތައް ފިޔަވައި އެހެން ތަންތަނުގައި ޕާކް ނުކުރުމަށް އިލްތިމާސްކޮށްފަ އެވެ.
އެގޮތުން ކަނޑައެޅިފައިވާ ސަރަހައްދުތަކުން ބޭރުގައި އުޅަނދުތައް ޕާކުކުރުމަކީ މަގުގެ ދަތުރުފަތުރަށް ބުރޫއަރައި އާންމުންގެ ރައްކާތެރިކަމަށް ހުރަސް އެޅޭނެ ކަމެއްކަން ފާހަގަކޮށް، ގަވާއިދާ ހިލާފަށް ޕާކުކުރާ އުޅަނދުތަކާ މެދު ފިޔަވަޅު އަޅަމުންދާނެ ކަމަށް ފުލުހުން ބުންޏެވެ.
މަގުގެ މި ސަރަހައްދު ތަރައްގީކޮށް ނިމުމާ އެކު، އެމްޓީސީސީން ދެން މަސައްކަތް ފަށާނީ ބޮޑުތަކުރުފާނު މަގުގައި އެންމެ ބޮޑަށް ހަލާކުވެފައިވާ ސަރަހައްދު ކަމަށްވާ ނޯތު ހާބަރުން ފެށިގެން ރަސްފަންނާ ހަމައަށް އޮތް ސަރަހައްދު ޒަމާނީ ފެންވަރަށް ތަރައްގީ ކުރާށެވެ. އެ މަސައްކަތާ ގުޅޭ ޑިޒައިން ކަންކަން މިހާރު ވަނީ ފަށައިފަ އެވެ.
ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ހެދުމުގެ އަމަލީ މަސައްކަތް މިދިޔަ އަހަރު ފަށައި، އެއީ މި ސަރުކާރުގެ އެންމެ މުހިންމު އެއް މަޝްރޫއުއަކަށް ވަނީ ހަދައިފަ އެވެ. އެ މަސައްކަތުގައި އެމްޓީސީސީން 200 އެއްހާ މުވައްޒަފުން އަމަލީ ގޮތުން ހަރަކާތްތެރިވެ އެވެ.
ބޮޑުތަކުރުފާނު މަގުގައި އަލަށް ހެދި ބައިގައި ގަވާއިދާ ހިލާފަށް ޕާކު ކުރާ ނަމަ ފިޔަވަޅު އަޅަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ