ސަލްމާންގެ ފިލްމުން އަމީތާބް ފެނިދާނެބާ؟
        ބޮލީވުޑްގެ އެކްޓަރު ސަލްމާން ޚާންގެ އާ ފިލްމު "ބެޓްލް އޮފް ގަލްވާން"ގެ ހާއްސަ ރޯލަކުން ހިންދީ ސިނަމާގެ ލެޖެންޑް އެކްޓަރު އަމީތާބް ބައްޗަން ފެންނާނެ ކަމަށް ބައެއް ރިޕޯޓުތައް ބުނެފިއެވެ.  މީޑިއާތަކުން މިގޮތަށް ބުނެ ވާހަކަ ދެކެވެންފެށީ އެ ފިލްމުގެ ޑައިރެކްޓަރު އަޕޫރުވް ލާކިއާ "ބެޓްލް އޮފް ގަލްވާން"ގެ ސެޓުގައި އަމީތާބްއާ އެކު ނަގާފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި ޕޯސްޓު ކުރުމާ ގުޅިގެންނެވެ.  އެ ޕޯސްޓުގައި އަޕޫރުވާ ވަނީ ލެޖެންޑް ޑޮން "ބެޓްލް އޮފް ގަލްވާން"ގެ ސެޓުގައި ހުރި ކަމަށް ބުނެ އަމީތާބް އާއި ދެ މީހުން މަޝްވަރާ ކުރާ ކަމެއް ބުނެދިނުމަށް ސަޕޯޓަރުން ގާތު އެދިފައެވެ.  އަޕޫރްވާގެ މި ޕޯސްޓާ އެކު ވަރަށް ގިނަ ބަޔަކު ވަނީ އަމީތާބް އާއި ސަލްމާން "ބެޓްލް އޮފް ގަލްވާން"އިން އެކީގައި ފެންނާނެތޯ ސުވާލުކޮށްފައެވެ. ނަމަވެސް އެ ސުވާލުތަކަށް އަޕޫރްވާ ވަކި ޖަވާބެއް ދީފައެއް ނުވެއެވެ.    ސަލްމާންގެ ފިލްމު "ބެޓްލް އޮފް ގަލްވާން"ގެ ޑައިރެކްޓަރުގެ އިންސްޓަގްރާމް ކެޕްޝަން--ފޮޓޯ/ބޮލީވުޑްހަންގާމާ  މި އަހަރުގެ ޖުލައި މަހު އިއުލާނުކޮށް އޮގަސްޓް މަހުތެރޭ ޝޫޓިންގް ފަށާފައިވާ ސަލްމާންގެ ފިލްމުގައި އަމީތާބް ހިމެނޭކަން ކަށަވަރުވެއްޖެނަމަ "ބެޓްލް އޮފް ގަލްވާން"އަކީ 17 އަހަރަށްފަހު ދެ ތަރިން އެކީގައި ސްކްރީނުން ފެންނާނެ ތާރީޚީ ފިލްމަށް ވާނެއެވެ.  ސަލްމާން އާއި އަމީތާބް އެންމެ ފަހުން އެކީގައި މަސައްކަތްކޮށްފައި ވަނީ 2008 ވަނަ އަހަރު ރިލީޒްކުރި ފިލްމު "ގޯޑް ތުސީ ގްރޭޓް ހޯ"އިންނެވެ. މީގެއިތުރުން ދެ ތަރިން އެކީގައި މަސައްކަތްކުރި ފިލްމުތަކުގެތެރޭ "ބާގްބާން" އަދި "ބާބުލް" ހިމެނެއެވެ.  ފިލްމު "ސިކަންދަރު"އަށްފަހު ސަލްމާން މަސައްކަތް ފެށި "ބެޓްލް އޮފް ގަލްވާން" ސިނަމާތަކަށް ގެންނަން ތާވަލުކުރެވިފައި ވަނީ އަންނަ އަހަރުއެވެ.
    
    
    
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ
 
                 
             
             
             
             
             
            