ސިޒޭރިއަން ހެދުމުގެ ތެރެއިން އައްޑޫގައި ޒުވާން އަންހެނަކު މަރުވި މައްސަލަ ބަލަނީ
އައްޑޫ ސިޓީގައި ހުންނަ އިންޓަނޭޝަނަލް މެޑިކަލް އެންޑް ޑައިގްނޯސްޓިކް ސެންޓަރު (އައިއެމްޑީސީ)ގައި ސިޒޭރިއަން ހެދި މާބަނޑު މީހަކު ހާލު ސީރިއަސްވެ މަރުވި މައްސަލަ ހެލްތު މިނިސްޓްރީން ބަލަމުން އަންނަ ކަމަށް މިއަދު ބުނެފިއެވެ. އިއްޔެ ފަތިހުގެ ވަގުތެއްގައި މަރުވީ ތަމަންނާގެ، ސ.ހިތަދޫ، އުމުރުން 28 އަހަރުގެ އާއިޝަތު ނަޒާހަތު އަހުމަދު ދީދީއެވެ. އޭނާއަކީ އައްޑޫ ސިޓީ ކައުންސިލުގައި ޕްރޮޖެކްޓް ޑިވެލޮޕްމަންޓް ޔުނިޓުގެ އެސޯސިއޭޓް ކައުންސިލް އޮފިސަރުގެ ވަޒީފާ އަދާކުރި މީހެކެވެ. "ސަން"އަށް އެނގިފައިވާގޮތުގައި އޭނާ އައިއެމްޑީސީއަށް ދިޔައީ، ވިހަން ދީފައި އޮތް ތާރީޚު ޖެހިގެން، ޑޮކްޓަރަށް ދެއްކުމަށެވެ. އަދި ހަށިގަނޑުގައި ހުން ހުރެ، ހޮޑުލެވެމުން ދިޔުމާއި، ފިޓު ޖެހުމުގެ ސަބަބުން، ކްލިނިކުން ނިންމީ އިމަޖެންސީކޮށް ސީ ސެކްޝަނެއް ހަދާށެވެ. ނަމަވެސް ސީ ސެކްޝަނަށްފަހު، ހާލު ގޯސްވުމުން ދެން ނިންމީ އިމަޖެންސީގައި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ގެންދާށެވެ. ނަމަވެސް ހޮސްޕިޓަލާ ހަމައަށް ދެވުނުއިރު ވެސް އޭނާ އޮތީ މަރުވެފައި ކަމަށް މައުލޫމާތު ލިބެއެވެ. https://sun.mv/214353 މި ހާދިސާއާ ގުޅިގެން ހެލްތު މިނިސްޓްރީއާ "ސަން"އިން ސުވާލުކުރުމުން އެ މިނިސްޓްރީން ބުނީ މައްސަލަ ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއެވެ. މިފަދަ ހާދިސާތައް ރާއްޖޭގައި ދޭތެރެއަކުން އަންނަނީ ހިނގަމުންނެވެ. ނަމަވެސް މީގެ ކުރިން ހިނގި މިފަދަ ހާދިސާތަކުގައި އިހުމާލުވާ ފަރާތްތަކާ މެދު އެޅީ ކޮން ފިޔަވަޅެއްކަން ސާފެއް ނޫނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ