މީޑިއާ ބިލަކީ އާންމު ރައްޔިތުންގެ ސޯޝަލް މީޑިއާ ވެސް ރެގިއުލޭޓްކުރާ ބިލެއް!
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލަކީ މީޑިއާތަކާއި މީޑިއާތަކުގައި މަސައްކަތް ކުރާ ފަރާތްތައް ރެގިއުލޭޓްކުރުމަށް ކަނޑައަޅާފައިވާ ބިލެއްކަމަށާއި އެއީ ރައްޔިތުންގެ ސޯޝަލް މީޑިއާ ކޮންޓްރޯލްކުރާ ބިލެއް ނޫންކަމަށް ސަރުކާރުން ލާރި ލިބޭ މީހުން ބުނި ނަމަވެސް އެއީ ބޮޑު ދޮގެކެވެ.ޕީއެންސީގެ ސުޕަ މެޖޯރިޓީ ބޭނުންކޮށްގެން ސަރުކާރުން ބޭނުންވަނީ އެ ބިލު މަޖިލީހުން ފާސްކުރަން ކަމަށް މައުލޫމާތު ލިބެ އެވެ. އެގޮތުން ޕީއެންސީގެ މަޖިލިސް މެންބަރުން ދަނީ ސޯޝަލް މީޑިއާގައި އެ ބިލު ފާސްކުރަން ގޮވާލަމުންނެވެ. އެކަމަށް ބާރު ދިނުމަށް، ސަރުކާރަށް ތާއީދުކުރާ މީހުން ވެސް ސޯޝަލް މީޑިއާގައި އަންނަނީ ކެމްޕެއިން ކުރަމުންނެވެ.މި ބިލަށް ހިޔާލު ހޯދުމަށް ބްރޯޑްކާސްޓިން ކޮމިޝަނާއި މޯލްޑިވްސް މީޑިއާ ކައުންސިލް އަދި މީޑިއާތަކުގެ ތެރެއިން އެއް މީީޑިއާ ފިޔަވައި އެހެން ހުރިހާ ތަނަކުން ވަނީ އެ ބިލު ބޭރުކޮށްދިނުމަށް އެދިފަ އެވެ.މި ބިލު އެންމެ މާއްދާ އެއް ދަންނަވަންތޯ އެވެ. އެއީ 60 ވަނަ މާއްދާމި ގާނޫނުގައި ނޫހާ ގުޅޭ ގޮތުން ބަޔާންކޮށްފައިވާ އުސޫލުތައް އިލެކްޓްރޯނިކް މީޑިއާއަށް ވެސް، އެ މީޑިއާއާ ގުޅޭ ނިސްބަތަކަށް، ހިނގާނެ އެވެ. އަދި ނޫސްވެރިންނާ ގުޅޭ ގޮތުން މި ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތައް، އިލެކްޓްރޯނިކް މީޑިއާގައި މަސައްކަތްކުރާ މީހުންނަށް، އެމީހުންނާ ގުޅޭ ނިސްބަތަކަށް ހިނގާނެ އެވެ.މިއީ މި ޒަމާނުގައި "މީޑިއާ"ގެ ކުޑައިގެ ދަށުގައި ހިމެނޭ ހުރިހާ ވަސީލަކަށް ވެސް އޮތް ހުރަކެެވެ. "އިލެކްޓްރޯނިކް މީޑިއާ"' އަކީ ކޮބައިކަން، ބިލްގެ 'މާނަކުރުން' ހިމެނޭ ބައިގައި ތަފުސީލުކޮށްދެ އެވެ.އިލެކްޓްރޯނިކް މީޑިއާ ކަމަށް ބުނެފައި އެވަނީ އޯޑިއޯ، ވީޑިއޯ، ޓޭޕާއި ޑިޖިޓަލް ސްޓޯރޭޖް މީޑިއާ އާއި އިންޓަނެޓަށެވެ.މި މާއްދާގެ މަތީގައި އެ އޮތް ބައި އިތުރަށް ތަފުސީލުވަނީ "މީޑިއާ" މާނަކުރާ ގޮތް ކަމަށް ބުނާ ބައިގަ އެވެ. އެގޮތުން އެ މާއްދާގެ އ.ގެ އިބާރާތަކީ:މީޑިއާ ކަމަށް ބުނެފައި އެވަނީ ޓީވީއަށާއި ރޭޑިއޯއަށާއި އިންޓަރެކްޓިވް ސީޑީއަށާއި ވެބްސައިޓަށާއި ދުވަހު ނޫސްތަކަށާއި ހަފުތާ ނޫސްތަކަށާއި، މަޖައްލާތަކަށާއި، ޓްރޭޑް ޕަބްލިކޭޝަންތަކަށާއި މި ނޫން ވެސް ނަންނަމުގައި، ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްގެންނާއި، ރަޖިސްޓްރީނުކޮށް މައުލޫމާތާއި ހަބަރާއި ހިޔާލާއި އިޝްތިހާރު، އާންމުކޮށް ފަތުރުމަށްޓަކައި ގަންނަން ލިބޭ ގޮތަށް، ނުވަތަ އަގަކާ ނުލައި ލިބޭ ގޮތަށް، ޗާޕްކޮށްގެންނާއި އިންޓަނެޓާއި، އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް ޝާއިއުކުރާ ޝާއިއުކުރުންތަކަށެވެ.މިހާރު އައިސް މި ޖެހުނީ ރަޖިސްޓްރީކޮށްގެން ހިންގާ މީޑިއާތަކުގައި އެކަންޏެއް ނޫނެވެ. ސޯޝަލް މީޑިއާގައި ރަޖިސްޓްރީނުކޮށް ހިންގާ ޕޭޖްތައް ވެސް ގާނޫނަށް ފެތުނީ އެވެ. އެހެންކަމުން މި ބިލު ގާނޫނަކަށް ވެއްޖެ ނަމަ ތިޔަބޭފުޅުން އިންޓަނެޓާއި، އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް ފާޅުކުރާ ޝުއޫރަކުން ގެން ގޮސް ލާނީ ގާނޫނީ ގޮޅިއަކަށެވެ.މިއީ އަދި ބިލުގެ އެންމެ މާއްދާ އެކެވެ. މި ފަދަ ކިތަންމެ ނުރައްކާތެރި ވާހަކަތަކެއް ބިލުގައި ވަނީ ގެނެސްދީފަ އެވެ.މި ބިލު ބޭރުކޮށްލަން ގޮވާލާ ނޫސްވެރިން ދަނީ މުޒާހަރާ ކުރުމުގެ އިތުރުން ސޯޝަލް މީޑިއާގައި ބޮޑު ކެމްޕޭނެއް ވެސް ކުރިއަށް ގެންދަމުންނެވެ.ބިލު ބޭރުކޮށްލުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ނޫސްވެރިންގެ ފަރާތުން ޕެޓިޝަނެއް ވެސް ވަނީ ހުށަހަޅާފަ އެވެ. މި ޕެޓިޝަނުގައި ރާއްޖޭގައި ހަރަކާތްތެރިވާ 41 މީޑިއާއަކަށް ނިސްބަތްވާ 151 ނޫސްވެރިން ވަނީ ސޮއިކޮށްފަ އެވެ. އޭގެ ތެރޭގައި ފްރީލާންސް ނޫސްވެރިން ވެސް ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ