އުޖްވަލް ނިކަމްގެ ބަޔޮޕިކްގެ ބަތަލާއަކަށް ވަމީގާ

އިންޑިއާގައި ހިނގާފައިވާ ބޮޑެތި ހާދިސާތަކާ ގުޅޭ ގާނޫނީ މަސައްކަތްތަކުގައި އިސް ދައުރެއް އަދާކުރެއްވި މަޝްހޫރު ޕަބްލިކް ޕްރޮސެކިއުޓަރު އުޖްވަލް ނިކަމްގެ ބައޮޕިކްގެ ބަތަލާއަކަށް ވަމީގާ ގައްބީ ސޮއިކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. މި ފިލްމުގެ ޝޫޓިން މި އަހަރުގެ އޮކްޓޯބަރު މަހު ފަށަން ނިންމާފައިވާއިރު ރާޖާއި ވަމީގާ އަންނަނީ ދެ ތަރިން ކުޅޭ ކެރެކްޓާއާ ގުޅުންހުރި ޚާއްސަ ވޯކްޝޮޕްތަކެއްގައި ތަމުރީނު ހޯދަމުންނެވެ. މި މަސް ދެ ތަރިން ޚާއްސަ ކުރާނީ މި ތަމްރީނުތައް ފުރިހަމަކުރުމަށް ކަމަށް ރިޕޯޓުތައް ބުނެއެވެ. މި ފިލްމަށް ބަތަލާ ވަމީގާ ގެންނަން ނިންމީ ރާޖާ އެކު ވަމީގާ ކުޅުނު ފިލްމު "ބޫލް ޗަކް މާފް"ގައި ދެތަރިންގެ ކެމިސްޓްރީއަށް ލިބުނު ތަރުހީބު ބޮޑު ކަމުންނެވެ. އިންޑިއާގެ ކުރީގެ ޕްރޮސެކިއުޓަ ޖެނެރަން އުޖްވަލް ނިކަމް--ފޮޓޯ/ބޮލީވުޑްހަންގާމާ މި ފިލްމުގައި ރާޖާއި ވަމީގާ ފެންނާނީ ވެސް ވަރަށް ތަފާތު ލުކްއެއްގައި ކަމަށާއި އެކަމަށް ވެސް ދެ ތަރިން އަންނަނީ ތައްޔާރުވަމުން ކަމަށް ރިޕޯޓުތައް ބުނެއެވެ. މި ބައޮޕިކް ގެނެސްދޭނީ މީގެކުރިން ރާޖާ އެކު ގިނަ ފިލްމުތަކެއްގައި މަސައްކަތްކޮށްފައިވާ ޕްރޮޑިއުސަރު ދިނޭޝް ވިޖަންއެވެ. ދިނޭޝާއި ރާޖް އެކީގައި މަސައްކަތްކުރާ ހަވަނަ ފިލްމަކީ މި ބައޮޕިކް ކަމަށްވާއިރު މި ފިލްމުގެ ޑައިރެކްޓަރަކީ އަވީނާޝް އަރުންއެވެ. ޕަބްލިކް ޕްރޮސެކިއުޓަ އުޖްވަލް ނިކަމްއަކީ އިންޑިއާގައި ހިނގާފައިވާ ބޮޑެތި ހާދިސާތަކާ ގުޅިގެން ކުރިއަށްދިޔަ ގާނޫނީ މަސައްކަތްތަކުގައި މުހިއްމު ރޯލެއް އަދާކުރެއްވި ވަރަށް ވަރުގަދަ ޝަހްސިއްޔަތެކެވެ. އުޖްވަލް ޕަބްލިކް ޕްރޮސެކިއުޓަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ބައެއް ކޭސްތަކަކީ އިންޑިއާގައި ފާހަގަކޮށްލެވޭ މަރުގެ މައްސަލަތަކާއި ޓެރަރިޒަމްގެ ބޮޑެތި މައްސަލަތަކެވެ. އޭގެ ތެރޭގައި އިންޑިއާގެ މުމްބާއީއަށް ދިން 26/11ގެ ޓެރަރިޒަމް ހަމަލާ ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ