ކުޑަކުދިންނަށް ކުރަމުންދާ ގޯނާ އާއި ގެވެށި އަނިޔާގެ މައްޗަށް އަލިއަޅުވާލާ އުފައްދާފައިވާ ފިލްމު ‘ކަނބުލޮ’ އަކީ މިހާތަނަށް ދިވެހި ސިނަމާގައި އެޅުވި އެންމެ މޮޅު އެއް ފިލްމޭ ބުނުމުން ދޮގަކަށް ނުވާނެއެވެ.
ފިލްމުގެ ވާހަކައިން ފެށިގެން ތަރިންގެ ހުނަރާ، ޑައިރެކްޓަރުގެ މޮޅުކަމާ، މުޅި ޓީމުގެ މަސައްކަތް ފެނިގެންދާ މި ފިލްމު ބެލި ކޮންމެ މީހަކަށްވެސް ފުން އަސަރުތަކެއް ކުރުވާނެކަން ޔަގީނެވެ. މިއީ ކުޑަކުދިންނަށް ކުރަމުންދާ ގޯނާ އާއި ގެވެށި އަނިޔާގެ މައްޗަށް މިހާ ‘ފުންކޮށް’ އަލިއަޅުވާލި އެއް ފިލްމޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. ފިލްމުގެ ކޮންމެ މަންޒަރެއްވެސް ހަގީގަތާއި އެއްގޮތްވެފައި އަސަރު ގަދައެވެ. ކުޅަދާނަކަމާއެކު ފިލްމުގެ އެއް މަންޒަރު އަނެއް މަންޒަރާ ގުޅުވާލާފައިވަނީ ވަރަށް ވެސް ފުރިހަމައެށެވެ. ފިލްމު ބަލަމުން ދިޔައިރު ދެން ވާނީ ކިހިނެތްތޯ ސުވާލު އުފެދެއެވެ. ބެލުންތެރިންގެ ޝައުގުވެރިކަން އަތުލައިގަނެވޭނެ ހުރިހާ އުކުޅެއް މި ފިލްމުގައި ބޭނުންކޮށްފައިވެއެވެ.
މިދިޔަ އަހަރު ނެރުނު ‘ކަމަނާ’ ފިލްމުގެ ޕްރޮޑިއުސަރު ހުސައިން މުނައްވަރު (ކުޑަފޫޅު)ގެ ‘ކިޑް ޕްރޮޑަކްޝަން’ އާއި ‘ސެޓާން ސްޓޫޑިއޯ’ ހުށަހަޅައިދޭ މި ފިލްމުގައި ބުނެދެނީ ކުޑަކުދިންނަށާއި އަންހެނުންނަށް ހިމާޔަތް ދޭން ޖެހޭ މީހުންގެ ފަރާތުން އެ މީހުންނަށް ލިބެމުންދާ އަނިޔާތަކަށް ކެތްކުރުމަށް މަޖުބޫރުކުރުވާ ވާހަކައެވެ. ފަގީރުކަމާއި ނިކަމެތިކަމުގެ ސަބަބުން އުފުލަންޖެހުނު ތަކުލީފުތަކެވެ. ހިމާޔަތްދޭން ތިބި ފަރާތްތަކުގެ އިހުމާލެވެ. އަބުރުވެރި މުއްސަނދިންގެ ގޮތުގައި ރަށަށް މަޝްހޫރު މީހުން ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާއެވެ. އަނިޔާ އާއި ދެކޮޅަށް ނުކުންނާނެ ހިތްވަރު ނެތުމުން އެކަމުގެ ވޭން ދަރިއަކަށް ޖެހުނު ގޮތެވެ. ހަޔާތުގައި ދިމާވި ހިތްދަތިކަމުގެ ސަބަބުން ގުޅުންތަކާއި މެދު ޝައްކު އުފެދި ނަފްސާނީ ބިރުވެރިކަމެއްގެ ތެރޭގައި ހަނގުރާމަ ކުރަމުން ދިޔަ އަންހެން ކުއްޖެއްގެ ވާހަކައެވެ.
މި ފިލްމުގައި މަރިޔަމް އައްޒަ އާއި ޝީލާ ނަޖީބާއި އަހްމަދު ނިމާލާއި އަހްމަދު އީސާ (އާނަންދު) އާއި އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ) އާއި ވާޝިޔާ މުހައްމަދުގެ އިތުރުން މަރިޔަމް ޝަކީލާގެ ހުނަރަށް ތައުރީފު ހައްގެވެ. ކޮންމެ ތަރިއަކުވެސް އެމީހެއްގެ ރޯލު ވަރަށް ފުރިހަމައަށް އަދާކޮށްފައިވާއިރު މި ފިލްމާއި ގުޅޭގޮތުން މިހާތަނަށް ގިނަ ފިލްމުތަކެއް ކުޅެފައިވާ ނިމާލް ބުނީ މިއީ އެންމެ ގިނަ ބަޔަކު އޭނާއަށް ގުޅާ ވަރަށް މޮޅޭ ބުނި ފުރަތަމަ ފިލްމުކަމަށެވެ. މި ފިލްމުގައި ކުޅުނު ރޯލާއެކު މާލެ އާއި ރާއްޖޭގެ އެކި ހިސާބުތަކުން ގުޅާވަރުން ‘އޮބި’ ނޮއޮންނަކަމަށެވެ. މިއީ މުޅި ކަނބުލޮ ޓީމުގެ ބުރަ މަސައްކަތްކަން ނިމާލު ވަނީ ފާހަގަކޮށްފައެވެ.
މީޑިއާ ރެގިއުލޭޝަންގެ ބިލް ކުރިއަށް ގެންދިއުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް: ސިނާން އައްޑޫ ތަރައްގީކުރާ ލޮޖިސްޓިކް ހާބަރާއެކު މަސްވެރިކަމުގެ ސިނާއަތުގެ އައު ދޮރެއް ހުޅުވިގެންދާނެ މާލީ ބަޔާން ހުށަހަޅާފައިނުވާ 5 މެމްބަރުންނަށް މަޖިލީހުން ނޯޓިސް ދީފި މާލޭގ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ