ކައުނާސް، ލިތުއޭނިއާ (ސެޕްޓެމްބަރު 8) - ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި ލިތުއޭނިއާ އަތުން ނެދަލެންޑްސް އިން 3-2 އިން މޮޅުވި މެޗުގައި ޖެހި ލަނޑުތަކާ އެކު އެ ޓީމުގެ މެމްފިސް ޑިޕާއި އެ ގައުމުގެ ފުޓްބޯޅައިގެ ރެކޯޑެއް ގާއިމްކޮށްފި އެވެ.
ލިތުއޭނިއާ ދަނޑުގައި ކުޅުނު މެޗުގައި، ނެދަލެޑްސްގެ ޑިޕާއި ދެ ގޯލު ޖެހިއިރު، އަނެއް ލަނޑު ޖެހީ، ކުއިންޓެން ޓިމްބާ އެވެ. ލިތުއޭނިއާ އިން ލަނޑުތައް ޖެހީ، ގްވީޑަސް ޖިނެއީޓީސް އާއި އެޑްވިނާސް ގާޑްވައިނީސް އެވެ.
ބްރެޒިލްގެ ކޮރިންތިއަންސް އަށް ކުޅެމުން އަންނަ ޑިޕާއި، 31، ހެދި ރެކޯޑަކީ ނެދަލެންޑްސްގެ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިގެން ކުރީގެ ފޯވާޑް، ރޮބިން ވެން ޕާސީ ހަދާފައި އޮތް ރެކޯޑެވެ. އެ ގޮތުން، 2005 އިން 2017 އަށް ނެދަލެންޑްސް ޓީމަށް 102 މެޗުން ވެން ޕާސީ ޖެހީ 50 ލަނޑެވެ. ޑިޕާއި، އެ ރެކޯޑް މުގުރާލީ 104 މެޗުން 52 ލަނޑު ޖަަހައިގެންނެވެ.
ޕީއެސްވީ، މެންޗެސްޓާ ޔުނައިޓެޑް، ބާސެލޯނާ، ލިޔޯން އަދި އެތުލެޓިކޯ މެޑްރިޑަށް ކުޅުނު ޑިޕާއި މިދިޔަ އަހަރު ބްރެޒިލްގެ ކޮރިންތިއަންސް އަށް ބަދަލުވިއިރު، އަންނަނީ ފޯމަކަށް އެޅި ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. ނެދަލެންޑްސް ގައުމީ ޓީމަށް އެންމެ ފުރަތަމަ ކުޅުނީ 2013 ވަނަ އަހަރު ތުރުކީއާ ދެކޮޅަށެވެ. އަދި ފުރަތަމަ ލަނޑެއް ޖެހީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އޮސްޓްރޭލިއާ ކޮޅަށެވެ.
އަންނަ އަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގައި މިހާތަނަށް ނެދަލެންޑްސް އިން ކުޅުނު ހަތަރު މެޗުން ވަނީ 10 ޕޮއިންޓް ހޯދައިފަ އެވެ.
ޑިޕާއި އަށް ނެދަލެންޑްސް ފުޓްބޯޅައިގެ ރެކޯޑެއް ޑިޕާއި އަށް ނެދަލެންޑްސް ފުޓްބޯޅައިގެ ރެކޯޑެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ