ދައުލަތުގެ ބަޖެޓުން ފައިސާ ދިނުމަށް ޝަރުތު ހަމަވާ 5 ސިޔާސީ ޕާޓީއަށް ފައިސާ ދޫކޮށްފި ހުޅުމާލެ ފޭސް 2ގައި 2 މިސްކިތެއް އެޅުމަށް ބިން ހަވާލުކޮށްފި އަންހެނުންގެ ދުޅަހެޔޮކަމާ ގުޅުންހުރި ކަންކަމުގައި ދިރާސާ ކުރުމަށް ސާޖިދާ އެދިވަޑައިގެންފި އަޒަރްބައިޖާންގެ ރައީ

ގދ. ތިނަދޫގައި ސަރުކާރުން ތަރައްގީކުރާ 200 ހައުސިން ޔުނިޓް ލިބޭ މީހުން ހޮވުމަށް، އެ މަޝްރޫއުއަށް ހައުސިން ސްކީމެއް ކަނޑައަޅާ “ހިޔާވެހި” ޕޯޓަލްގެ ތެރެއިން މިމަހު 7 ގައި ހުޅުވާލުމަށް ތައްޔާރުވަމުންދާ ކަމަށް މިނިސްޓާ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން ބުނެފިއެވެ.
މިނިސްޓްރީން ކުރި އިއުލާނުގައިވަނީ މި ހިނގާ ސެޕްޓެމްބަރު މަހު 7 ވަނަ ދުވަހު ހެނދުނު 9:00 އިން ފެށިގެން ނޮވެމްބަރު މަހުގެ 7 ވަނަ ދުވަހުގެ ރޭ 23:59 އާ ހަމައަށް ރޯހައުސް ހޯދުމަށް އެދި ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެކަމަށެވެ. ތިނަދޫ ސިޓީ ކައުންސިލުން އެ ސިޓީގައި އިމާރާތް ކުރަމުންދާ 200 ހައުސިން ޔުނިޓަށް ކުރިމަތިލުމަށް އެދި އިއުލާނުކުރީ ޖެނުއަރީ 28، 2025 ގައެވެ. ނަމަވެސް، އެ އިއުލާނަކީ ހުއްދަ ނުނަގައި ކުރި އިއުލާނެއްކަމުން ހައުސިން މިނިސްޓްރީން ވަނީ އިއުލާން ބާތިލުކުރުމަށް ސިޓީ ކައުންސިލަށް ހުށަހަޅާފައެވެ.
ރޯހައުސްއަށް އެދި މިނިސްޓްރީގެ ހިޔާވެހި ޕޯޓަލް http://hiyaavehi.housing.gov.mv މެދުވެރިކޮށް ހުށަހެޅޭނެއެވެ.
ތިނަދޫގައި 200 ރޯހައުސް އެޅުމުގެ މަޝްރޫއު ފެށީ 2022 ވަނަ އަހަރުއެވެ. މިއީ ތިން ކޮޓަރީގެ ރޯހައުސްތަކެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ