ރަނގަޅު ސްކްރިޕްޓްތަކަށް އުފައްދާ ސީކުއަލްތަކުގައި މަސައްކަތް ކުރުމަކީ މައްސަލައެއް ނޫން: އަޖޭ

ފިލްމުތަކުގެ ސީކުއަލްތައް ރަނގަޅު ސްކްރިޕްޓްތަކަށް ބިނާކޮށް އުފައްދާނަމަ ސީކުއަލްތަކުގައި މަސައްކަތް ކުރުމަކީ މައްސަލައެއް ކަމަށް ނުދެކޭ ކަމުގައި ބޮލީވުޑް އެކްޓަރު އަޖޭ ދޭވްގަން ބުނެފިއެވެ. އަޖޭގެ ކުރިއަށް އޮތް ފިލްމު "ދޭ ދޭ ޕިޔާރު ދޭ 2"ގެ ޓްރެއިލާ ލޯންޗުކުރި އިވެންޓުގައި ފިލްމުތަކުގެ ސީކުއަލް އުފެއްދުމާ ގުޅޭގޮތުން އަޖޭ ބުނީ، ފިލްމެއްގެ ފުރަތަމަ ބައިގައި ގެނެސްދެވުނު ވާހަކަ އާއި ގުޅުވައިގެން އުފައްދާ ސީކުއަލްތައް ވަރަށް ކަމުދާ ކަމަށެވެ. ކުރިން ކުޅުނު ކެރެކްޓާ އަލުން ކުޅުމަށް ފުރުސަތު ލިބޭނަމަ އެ ކެރެކްޓާއަށް މާބޮޑު މަސައްކަތެއް ކުރަން ނުޖެހޭ ކަމަށާއި އެއީ ލިބޭ ވަރަށް ބޮޑު ލުއި ފަސޭހައެއް ކަމަށް އަޖޭ ވަނީ ބުނެފައެވެ. އަޖޭ އަދި ރަކުލް ފިލްމު "ދޭ ދޭ ޕިޔާރު ދޭ"ގެ މަންޒަރެއްގައި--ފޮޓޯ/ޕިންކްވިލާ ފިލްމެއްގެ ސީކުއަލް އަލުން އުފައްދަން ނިންމައިފިނަމަ ކުރިން ގެނެސްދެވުނު ފިލްމަކީ ކާމިޔާބު ފިލްމެއް ކަމަށް ގަބޫލުކުރެވޭ ކަމަށާއި އެ ޔަގީންކަން އެންމެ ބޮޑަށް ލިބެނީ ވެސް ބެލުންތެރިންގެ ފަރާތުން ފިލްމަށް ލިބޭ ތަރުހީބުން ކަމަށް އަޖޭ ވަނީ ބުނެފައެވެ. ފިލްމު "ދޭ ދޭ ޕިޔާރު ދޭ 2"އަކީ ވެސް އެފަދަ ފިލްމެއް ކަމަށާއި ޑައިރެކްޓަރު ލަވް ރަންޖަންއާ އެކު މަސައްކަތް ކުރުމަކީ އަބަދުވެސް ވަރަށް ރަނގަޅު ތަޖުރިބާއެއް ކަމަށް ކުޅަދާނަ އެކްޓަރު ވަނީ ބުނެފައެވެ. އަޖޭ އަކީ ބޮލީވުޑް އެކްޓަރުންގެ ތެރެއިން މިހާތަނަށް ވަރަށް ގިނަ ސީކުއަލްގައި މަސައްކަތްކޮށްފައިވާ އެކްޓަރެކެވެ. އޭގެތެރޭގައި ފިލްމު "ރެއިޑް 2"، "ސަން އޮފް ސަރުދާރު 2" އަދި އަންނަ މަހުގެ 14 ވަނަ ދުވަހު ރިލީޒްކުރާ ހެއްވާ މަޖާ ފިލްމު "ދޭ ދޭ ޕިޔާރު ދޭ 2" ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ