މަރާމާތަށް ބަންދު، ހުޅުމާލޭ ކޯޓުގައި ކޮންމެހެން ބާއްވަންޖެހޭ ޝަރީއަތެއް ނޫނީ ނޯންނާނެ
މިއަދުން ފެށިގެން އަންނަ ބުދަ ދުވަހުގެ ނިޔަލަށް ހުޅުމާލޭ މެޖިސްޓްރޭޓު ކޯޓުގައި ކޮންމެހެން ބާއްވާން ޖެހޭ ޝަރީއަތެއް ނޫނީ ނުބާއްވާނެ ކަމަށް އެ ކޯޓުން ބުނެފިއެވެ. ހުޅުމާލޭ މެޖިސްޓްރޭޓު ކޯޓުން އިއްޔެ ކުރި އިއުލާނެއްގައި ވަނީ މިއަދުން ފެށިގެން އެ ކޯޓުގެ އެތެރޭގައި މަރާމާތު މަސައްކަތްތަކެއް ކުރާނެ ކަމަށެވެ. އެހެންވެ، އެ މުއްދަތުގައި ކޮންމެހެން ބާއްވަން ޖެހޭ ޝަރީއަތްތައް ފިޔަވައި، އެހެން ޝަރީއަތްތައް ބޭއްވުން މަޑުޖައްސާލަފައިވާ ކަމަށް އެ ކޯޓުން ބުނެފައިވެއެވެ. https://sun.mv/162282 ހުޅުމާލޭ ކޯޓު ވުޖޫދަށް ގެނައީ 2012 ވަނަ އަހަރެވެ. ފާހަގަކުރެވޭ ގޮތުގައި، ހުޅުމާލެ މެޖިސްޓްރޭޓް ކޯޓު އުފައްދާފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ބުނެ، އެ ކޯޓު އުވާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ފެބްރުއަރީ 20، 2022 ގައި ބުންޏެވެ. އަދި، ކޯޓު އުވާލުމަށް ޓަކައި ޤާނޫނަށް ގެންނަން ޖެހޭ އިސްލާޙުތައް ގެންނާނެ ކަމަށް އޭރުގެ ބަންޑާރަ ނައިބު އިބްރާހީމް ރިފްޢަތު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ