އަލްހާންގެ ޕޮންޒީ ސްކީމުން ގެއްލުންވި މީހުންނަށް ބަދަލު ދިނުމުން ދައުވާތައް ގެންގޮސްފި

ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީ އާއި އޭނަނެ ދެ ކޮއްކޮ އިސްވެ ތިބެ ހިންގި ޕޮންޒީ ސްކީމާ ގުޅިގެން އުފުލި ޓެކުމުގެ 13 ދައުވާ އަނބުރާ ގެންގޮސްފައިވާކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނެފި އެވެ.ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އާންމު ކޮށްފައިވާ ގޮތުގައި ކިންގްސް ހޯލްޑިންގްސްގެ މައްޗަށް މި ދައުވާތައް ކޮށްދިނުމަށް އެދި ކްރިމިނަލް ކޯޓަށް ހުށަހެޅީ 23 ނޮވެމްބަރު 2023، ގަ އެވެ. މި މައްސަލައިގައި ޕީޖީ އިން ދައުވާ ކޮށްދިނުމަށް އެދިފައިވަނީ ޝަޒްބާން ފަހުމީ, ސަހުބާން ފަހުމީ, އަދި އަލްހާން ފަހުމީގެ މައްޗަށެވެ.މި ދައުވާތައް އަނބުރާ ގެންދިޔުމަށް ޕީޖީ އިން ނިންމާފައިވަނީ, މި ދައުވާތައް ކޯޓުގައި ހިނގަމުންދަނިކޮށް ދައުވާލިބޭ ފަރާތްތަކުން ކުރިކަމަށް ތުހުމަތުކުރެވޭ ކުށާ ގުޅިގެން ބަދަލު ލިބެންޖެހޭ 13 ފަރާތަށް ބަދަލުދީ ފައިސާ ހަލާސްކޮށްފައިވާތީ އެވެ.އެހެން ނަމަވެސް, މި މައްސަލައިގައި ބަދަލު ލިބެންޖެހޭ އިތުރު މީހުންގެ މައްސަލަތައް ދިވެހި ފުލުހުންގެ ހިދުމަތުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށް ޕީޖީ އޮފީހުން ބުނެފައިވެ އެވެ. އަދި އެ މައްސަލަތަކުގެ ތަހުގީގު ނިންމައި ޕީޖީ އަށް ހުށަހެޅުމުން، އެ ބައިތަކުގައި ދައުވާކުރުމުގެ ކަންކަން ކުރިއަށް ގެންދާނެ ކަމަށް އެ އޮފީހުން ބުންޏެވެ.އަލްހާން، ޝަހުބާން އަދި ޝަޒްބާނަށް ކުރާ ދައުވާތައް ޕީޖީ އޮފީހުން އަނބުރާ ގެންދިޔަ އިރު ޓެކުމުގެ ހުރިހާ ދައުވާތަކަށް އެ ތިން މީހުން ވެސް އިންކާރުކޮށްފައިވެ އެވެ. އަދި ކުންފުނީގެ ގާނޫނުގައި ބަޔާންކުރާ "ކޯޕަރޭޓް ވެއިލް" ގެ ދަށުން މައްސަލަ ބޭރުކޮ ށްދިނުމަށް އެދިފައިވެ އެވެ.ނަމަވެސް ކުރިމިނަލް ކޯޓުން މި އަހަރުގެ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހު ނިންމީ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ