ދައުލަތުގެ ބަޖެޓުން މީޑީޔާތަކަށް ފައިސާދޭން ނިންމި ނިންމުމާއި މެދު ގިނަ ބަޔެއްގެ ކަންބޮޑުވުން އުފެދުމުން ޔޫތް މިނިސްޓްރީން ކުރި އިއުލާނު ބާތިލްކޮށްފިއެވެ.
މިއަދު ޔޫތް މިނިސްޓްރީން ބުނީ، އަމިއްލަ މީޑިއާތަކަށް މާލީ އެހީ ދިނުމާ ބެހޭ އުސޫލު އެކުލަވާލީ މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އެއްކޮށްލުމުގެ ކުރިން ކަމާ ގުޅުން ހުރި މުއައްސަސާތަކުގެ ލަފާގެ މަތިން ކަމަށެވެ.
އެހެން ނަމަވެސް އައު މީޑިއާ ކޮމިޝަން އުފެދުމުން އަމިއްލަ މީޑިއާތަކަށް މާލީ އެހީ ދިނުމުގެ ކަންކަން މިނިވަންކަމާ އެކީ ކުރުމަށް އެންމެ އެކަށީގެންވަނީ އެ ކޮމިޝަން ކަމަށް ދެކޭކަމަށް އެ ވުޒާރާއިން ބުންޏެވެ.
އެހެންކަމުން މީޑިއާތަކަށް މާލީ އެހީދިނުމުގެ ހުރިހާ ކަމެއް އެ ކޮމިޝަނާ ހަވާލުކޮށް، އުސޫލާ ގުޅޭ ހުރިހާ އިއުލާނުތައް ބާތިލުކުރުމަށް ނިންމާފައިވާ ކަމަށް އެ ވުޒާރާއިން ވަނީ ނިންމާފައެވެ.
ޔޫތް މިނިސްޓްރީން އެހެން ނިންމައިފައިވަނީ، ބަޖެޓުން ފައިސާ ހޯދުމަށް ކުރި އިއުލާނުން އެ ފައިސާ ދޭނެ މީޑިޔާތައް ޔޫތް މިނިސްޓްރީން އިއުލާނުކުރުމާއި އެކު، ރާއްޖޭގެ އެކި މީޑިޔާތަކާއި އެ ނޫންވެސް ފަރާތްތަކުން އެ ލިސްޓު އެކުލަވާލި ގޮތާއި މެދު ކަންބޮޑުވުން ފާޅުކުރަން ފެށުމުންނެވެ.
އެގޮތުން ގިނަ ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވަނީ ކުރު މުއްދަތެއްގައި ބަލަންޖެހޭ ވަރަށް ނުބަލާ ކަމަށާއި، މީޑިއާތަކަށް ފައިސާ ދޫކުރުމުގައި އެ މީޑިއާއެއްގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދަށާއި ކުރާ މަސައްކަތަށް ބަލަންޖެހޭނެ ކަމަށް ބުނެއެވެ.
ޔޫްތް މިނިސްޓްރީން އަތްދޫކޮށް، މީޑީޔާތަކަށް ބަޖެޓުން ފައިސާ ދިނުން އައު ކޮމިޝަނާއި ހަވާލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ