ކުޅުދުއްފުށީގެ ގިނަ މިސްކިތްތަކުގައި މާދަމާ ހުކުރުކުރާނީ ޒުވާން ޚަޠީބުން

ކުޅުދުއްފުށީގެ އެއް މިސްކިތް ފިޔަވާ، އެހެން ހުރިހާ މިސްކިތެއްގައި މާދަމާ ހުކުރު ނަމާދުކުރަން ހަމަޖެހިފައިވާ ޒުވާން ޚަޠީބުންނެވެ.
ސިޓީ ކައުންސިލުން އާންމުކުރި އިމާމުގެ ތާވަލުގައިވާ ގޮތުން މަސްޖިދު މުހައްމަދު ފިޔަވާ އެހެން ހުރިހާ މިސްކިތެއްގައި ހުކުރު ނަމާދު ޖަމާއަތުގައި ކުރުމަށް ހަމަޖެހިފައިވަނީ ޒުވާން ޚަޠީބުންނެވެ.
އިމާމުންގެ ތާވަލް:
މަސްޖިދުލް ޙަޟާރަތު – މާއިޒު ސުހުރާބު
މަސްޖިދުލް ހަސަނާތު – މުހައްމަދު ނާފިޒް އަބުދުއްސައްތާރު
މަސްޖިދުލް ނޫރު – މުހައްމަދު އާދަމް
މަސްޖިދުލް ޖަމާއަތު – އަޙްސަން އަބުދުލްޢަލީމް
މަސްޖިދުލް ފިރުދައުސް – އަހުމަދު އައިލަމް މުހައްމަދު.
ކުޅުދުއްފުށީގައި 6 މިސްކިތް ހުންނައިރު ފަހަކަށް އައިސް ހުކުރު ނަމާދުތަކާއި ރޯދަމަހު ތަރާވީހް ނަމާދުކުރަން ޒުވާން ޚަތީބުން ހަމަޖައްސަ އެވެ. އެކަމަކު މިއީ ފަހުގެ ތާރީހެއްގައި އެއްފަހަރާ ގިނަ މިސްކިތްތަކެއްގައި ޒުވާނުން އިމާމުވެސް ހުކުރުކުރާ ފުރަތަމަ ފަހަރެވެ.
އިސްލާމިކް މިނިސްޓްރީން ޒުވާން ޚަތީބުން އުފެއްދުމަށް އަންނަނީ ތަމްރީން ޕްރޮގުރާމްތައް ބާއްވަމުންނެވެ. އަދި ސިޓީ ކައުންސިލުންވެސް ޒުވާން ޚަތީބުންނަށް ފުރުސަތު ފަހިކޮށްދިނުމަށް އިސްކަންދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ