ދިރާގާއި އައިސިކް މިއުޒިކް ޝޯގައި ޒުވާން ދިވެހި ހުނަރުވެރިން

ޒުވާން ދިވެހި ހުނަރުވެރިންނާ އެކު ދިރާގު x އައިސިކް މިއުޒިކް ޝޯ މާދަމާ ރޭ 8ގައި ހުޅުމާލެ ސެންޓްރަލް ޕާކުގައި ބާއްވަން ނިންމައިފި އެވެ.
މާދަމާ ހުޅުމާލޭގައި ބާއްވާ ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރުއާރު)އަށް ފަހު، އެ ދުވަހުގެ ރޭ ކުރިއަށްގެންދާ މި މިއުޒިކް ޝޯގައި ފޯރިގަދަ ހުނަރުވެރި ދިވެހި ފަންނާނުންތަކެއް ވަނީ ހިމަނާފަ އެވެ. މީގެ ތެރޭގައި، ޑީޖޭ މީކާ، ޕްރޮޖެކްޓް ގްރޫވް، ވިނަވި، ޒެޑޭސިސް އަދި ސާދަ ތިރީސް އަށެއް ހިމެނެ އެވެ.
މީގެ އިތުރުން، މި ޝޯ ހިނގަމުންދާ ވަގުތު ދިރާގު ގޭމާސް ގިލްޑުން ގޭމިން ހަރަކާތްތަކެއް ވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.
މި ހަރަކާތްތަކުގައި އާންމުނަށް މުޅިން ހިލޭ ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. އަދި 'ކިން އޮފް ހިލް' ޗެލެންޖުގައި ބައިވެރިވެގެން ތިން މެޗުން ޖެހިޖެހިގެން މޮޅުވާ ކުޅުންތެރިންނަށް މިނީސޯގެ ވަން ޕީސް ކަލެކްޝަންގެ ހާއްސަ އިނާމެއް ލިބޭނެ އެވެ.
ދިރާގު x އައިސިކް ސްޓޫޑެންޓް ޑިސްކައުންޓް ކާޑަކީ ދުނިޔޭގެ ފެންވަރުގައި ގަބޫލުކުރާ، ދަރިވަރުންގެ މެދުގައި މަގުބޫލު ކާޑެކެވެ. މި ކާޑަކީ، ދުނިޔޭގެ 130އަށް ވުރެ ގިނަ ގައުމުން ބަލައިގަންނަ، ދުނިޔޭގެ އެކި ކަންކޮޅުތަކުން 150،000އަށް ވުރެ ގިނަ ޑިސްކައުންޓްތަކާއި އެހެނިހެން ފައިދާތައް ލިބޭ ކާޑެކެވެ. މީގެ ތެރޭގައި:
ރާއްޖޭގެ 50އަށް ވުރެ ގިނަ އައުޓްލެޓްތަކުން ޑިސްކައުންޓްތަކާއި ދަރިވަރުންނަށް ހާއްސަ ދިރާގު ހޮޓްޑީލް ހިމެނޭ 
ރާއްޖޭގައި ކިޔަވާ 18 އަހަރުން މަތީގެ ދަރިވަރުންނަށް ހާއްސަކޮށްފައިވާ މި ކާޑު މެދުވެރިކޮށް އަހަރަކު 100ރ.ގެ ސަބްސްކްރިޕްޝަނަކުން މި ހުރިހާ ފައިދާތަކެއް ލިބޭނެ
ރާއްޖޭގެ އެންމެ ބޮޑު ދުވުން ކަމަށްވާ ދިރާގު މޯލްޑިވްސް ރޯޑް ރޭސްގެ 16 ވަނަ އެޑިޝަންގައި ބައިވެރިވުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން 4،500އަށް ވުރެ ގިނަ ދުވުންތެރިން ވަނީ މި އަހަރު ރަޖިސްޓަރީކޮށްފަ އެވެ. މި ދުވުމުގެ އިތުރުން، އެ ދުވަހު ތަފާތު އެކި ހަރަކާތްތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ