ދަރިފުޅާ ހަވާލުވާން މިނިސްޓްރީން ދިޔައިރު މައީޝާގެ ދަރިއަކު ނުހުރޭ!

ދަރިއަކު ނުވެސް ހުންނަ، މަޝްހޫރު ލަވަކިޔުންތެރިޔާ މަރްޔަމް މައީޝާ (ރާޅު މަރިޔަނބު)ގެ ދަރިފުޅަށް އިހުމާލުވާ ކަމަށް ބުނެ މީހަކު ކުރި ރިޕޯޓަކާ ގުޅިގެން ސޯޝަލް އެންޑް ފެމެލީ ޑިވެލޮޕްމަންޓް މިނިސްޓްރީން މިއަދު އޭނާގެ ގެއަށް ދިޔަ ކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެއެވެ. މައިޝާގެ އެކްސް އެކައުންޓުގައި އޭނާ ލިޔެފައިވާ ގޮތުގައި މިއަދު އޭނާގެ ދައްތައަށް ސޯޝަލް މިނިސްޓްރީން ވަނީ ގުޅާފައެވެ. އަދި، މައިޝާގެ ދެ އަހަރުގެ ދަރިފުޅު އޭނާ އަތުން ނަގާފައި މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންދަން ބޭނުންވާ ކަމަށް އޭނާގެ ދައްތަ ގާތުގައި މިނިސްޓްރީން ބުނެފައިވާ ކަމަށް މައިޝާ ބުންޏެވެ. https://x.com/RaalhuMariyambu/status/1981258193738354925 އެކަމަކު، މައީޝާގެ ދަރިފުޅެއް އަދި ނުހުރެއެވެ. އޭނާ ބުނި ގޮތުގައި މިހާތަނަށް އަދި ކައިވެންޏެއް ވެސް ނުކުރެއެވެ. މިނިސްޓްރީން އެގޮތަށް ގުޅީ އެ މިނިސްޓްރީއަށް ނަން ހާމަކުރަން ބޭނުންނުވާ މީހަކު ކުރި ރިޕޯޓަކާ ގުޅިގެން ކަމަށް ވެސް މައީޝާ ކުރި ޕޯސްޓުގައި ބުނެފައިވެއެވެ. އޭނާ ވަނީ މިނިސްޓްރީން ގުޅާފައި ވެސް ނުވާކަން ފާހަގަކޮށްފައެވެ. މައީޝާ ވަނީ އޭނާގެ ގެއަށް މިނިސްޓްރީން އައިސް ތަހުގީގުކުރިކަމަށް ދައްތައާ ހަވާލާދީ ބުނެފައެވެ. އެ މައުލޫމާތު ސާފުކުރަން އޭނާ މިނިސްޓްރީއަށް ގުޅުމުން ފޯނަށް ޖަވާބުދީފައިނުވާ ކަމަށް އޭނާ ބުންޏެވެ. މި ކަމާ ގުޅިގެން ސޯޝަލް މިނިސްޓްރީގެ ބަހެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ