ދާރުއްނޫރު ވަޤްފު އިމާރާތުގެ ކޮންސެޕްޓް ޑިޒައިންކޮށްދޭނެ ބަޔަކު ހޯދުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އިޢުލާންކޮށްފިއެވެ.
މި މަޝްރޫޢުއަކީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދާއި އެއްގޮތަށް ރާއްޖޭގައި ވަޤްފު ފަންޑު އިތުރަށް ފުޅާކޮށް، އިސްލާމީ ދާއިރާއަށް މާލީ މަންފާ ލިބޭނެ ވަސީލަތްތައް އިތުރު ކުރުމަށް ކުރިއަށް ގެންދާ މުހިއްމު މަޝްރޫޢުތަކެކެވެ.
އިސްލާމިކް މިނިސްޓްރީން ކުރި އިޢުލާނުގައި ވަނީ މާލޭގައި ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ ދާރުއްނޫރު ވަޤްފު ޢިމާރާތުގެ ކޮންސެޕްޓް ޑިޒައިންކޮށް، ކުރެހުންތަކާއި، ބީއޯކިޔު، ޓެކްނިކަލް ސްޕެސިފިކޭޝަންސް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.
މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށެވެ.
ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ކޮށް، މަޢުލޫމާތު ސާފުކުރުމަށްފަހު މިނިސްޓްރީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުމަށް މިނިސްޓްރީގެ އިޢުލާނުގައި ވަނީ އެދިފައެވެ.
ބީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މި މަހުގެ 17 ވާ ބުދަ ދުވަހުގެ 14:00ގެ ކުރިން https://forms.office.com/r/Ek5W41hZNm ރަޖިސްޓްރީ ވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
އަދި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ މިމަހުގެ 24ވާ ބުދަ ދުވަހުގެ 10:00 ގައެވެ.
އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ކަމަށް މިނިސްޓްރީން ކުރި އިޢުލާނުގައިވެއެވެ.
އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން މިމަހުގެ 21ވާ އާދީއްތަ ދުވަހުގެ 12:00 ކުރިން [email protected] އަށް އީމެއިލްކޮށްގެން ނުވަތަ 3020252 އަދި 3020239 ނަންބަރާ ގުޅައިގެން މަޢުލޫމާތު ސާފުކުރުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ.
ހުޅުމާލެއާއި މާލޭގައި ތަރަޤީކުރަން ފަށާފައިވާ ވަޤުފު އިމާރާތްތަކަކީ ޒަމާނީ ވަސީލަތްތަކާއެކު 12 ފަންގިފިލާއަށް އިމާރާތް ކުރުމަށް ހަމަޖެހިފައިވާ އިމާރާތްތަކެކެވެ.
ދާރުއްނޫރު ވަޤްފު އިމާރާތުގެ ކޮންސެޕްޓް ޑިޒައިންކޮށްދޭނެ ބަޔަކު ހޯދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ