މި ލަޝްކަރަކީ ގައުމު އިސްކުރާ ލަޝްކަރު: ރައީސް

މި ލަޝްކަރަކީ ގައުމު އިސްކުރާ ލަޝްކަރު ކަމަށާއި މި ލަޝްކަރުން މިދިޔަ އަހަރުތަކުގައި މަސައްކަތް ކޮށްފައި ވަނީ ގައުމު އިސްކޮށްގެން  ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.އެ މަނިކުފާނު އެހެން ވިދާޅުވީ، މި ސަރުކާރު ހިންގާ ޕާޓީ ޕީއެންސީން މާލޭގެ އާޓިފިޝަލް ބީޗު ސަރަހައްދުގައި ބޭއްވި ބޮޑު ޖަލްސާގަ އެވެ.ހަގީގީ މާނަގައިގައި ރާއްޖެއަށް ހަމަޖެހުން އަންނަން ބޭނުންވާ ކަމަށާއި މި ސަރުކާރުން މަސައްކަތްކުރަނީ އެ ވިސްނުމުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން، ހަމަޖެހުން އަންނާނީ ބަދަލު ހިފުމުގެ "ނުބައި ވިހަ އޮއިވަރު" ނައްތާލެވި، ގައުމު އިސްކޮށްގެން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.އިތުރަށް ވާހަކަދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ، ޖަލުގައި ސިޔާސީ ވެރިން ލާން ހަދާފައި ހުރި ގޮޅިތައް މިހާރު ހުންނަނީ ހުހަށް ކަމަށެވެ. އެ ތަންތަނަށް ލާނެ މީހަކު ފޮނުވޭކަށް ނެތްކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ، އެއީ ބަދަލު ނުހިފާތީ ކަމަށެވެ."މި ލަޝްކަރަކީ ގައުމު އިސްކުރާ ލަޝްކަރު. މި ލަޝްކަރުން މިދިޔަ އަހަރުތަކުގައި މަސައްކަތް ކޮށްފައި ވަނީ ގައުމު އިސްކޮށްގެން. އަމިއްލަ މަސްލަހަތަށް ވުރެ ތިޔަ ލޮބުވެތި ހުރިހާ ރައްޔިތުން އިސްކުރީ ގައުމު،" ޕީއެންސީގެ ބޮޑު ޖަލްސާ އަށް އެއްވި މީހުންނަށް އިޝާރާތް ކުރައްވަމުން ރައީސް ވިދާޅުވި އެވެ.އެކަމަކު، ރައީސް ވިދާޅުވީ، ސިޔާސީ ގޮތުން އެއްވެސް މީހަކަށް "ކުރާނެ އުނދަގުލެއް" ނޯންނާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ