ރައީސްގެ ބަސް މަގު : ހޯރަފުށީގެ ތަރައްގީއަށްޓަކައި ބިން ހިއްކައިދޭނަން
ވެރިކަމަށް އިންތިހާބުކޮށްފި ނަމަ ހއ. ހޯރަފުށީގެ ބިން ހިއްކައި، ސިއްހީ ފަރުވާ ރަނގަޅުކޮށްދިނުމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވީ 14 އޯގަސްޓް 2023 ގައި އެވެ.ރައީސް މުއިއްޒު އެދުވަހު ވިދާޅުވީ އެހެން ރަށްރަށެކޭ އެއްގޮތަށް ހޯރަފުއްޓަށް ބޭނުންވާ ކަންކަން ވެސް އެބަހުރި ކަމަށެވެ. އެގޮތުން، ގެދޮރުވެރިކަމާއި ވަޒީފާގެ ފުރުސަތުތައް އަދި ރަނގަޅު ސިއްހީ ފަރުވާ ލިބޭނެ ގޮތްތައް ހަމަޖައްސަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ،ރައީސް މުއިއްޒު ވިދާޅުވީ ރަށްރަށުގެ ތަރައްގީއަށް ކަންކަން ކޮށްދޭއިރު އާބާދީއަށް ބަލަން ނުޖެހޭނެ ކަމަށާއި ރައްޔިތުން ބޭނުންވާ ކަންކަން ހާސިލްކޮށްދިނުމުގައި ތަފާތުކޮށްގެން ނުވާނެ ކަމަށެވެ."މި ރަށުގައި ބޭނުންވާ ކަންކަމާއި އެހެން ރަށްރަށުގެ މީހުންނަށް ވެސް ބޭނުންވާ ކަންތައްތައް އެބަހުރި. ގެދޮރުވެރިކަމާއި ވަޒީފާގެ ފުރުސަތުތައް... ހައުސިން ޕްރޮޖެކްޓުތައް ހިންގުމަށް އެކަށީގެންވާ ބިމެއް ނެތް. ތަރައްގީއަށްޓަކައި ބިން ހިއްކައިދޭނަން. އެ ބިމުގައި ހައުސިން ޔުނިޓު އެޅުމާއި ގިނަ މަޝްރޫއުތައް ހިންގޭނެ." މުއިއްޒު ވިދާޅުވި އެވެ.އެކަމަކު ނޮވެމްބަރު، 17، 2023، ގައި ވެރިކަމުގެ ހުވާކުރެއްވިތާ ދެ އަހަރު ފުރެން ގާތްވެފައިވާއިރު، ފެންނަން އޮތް ހަގީގަތަކީ އެ ވައުދުތައް ފުއްދުމުގެ ސްޕީޑު ލަސްކަމެވެ. ރައްޔިތުން އެދޭ ނަތީޖާ ނުނެރެވި ދިގުލައިގެން ދިއުމުން ރައްޔިތުންގެ ޝަކުވާތައް ވަނީ ގިނަވެފަ އެވެ.ނިމުނު މަޖިލިސް އިންތިހާބު ދުވަސްވަރު ހޯރަފުށި ދާއިރާއިން އިވުނީ ސަރުކާރުން ދައްކާ މީހާއަށް ވޯޓު ދިނުމުން ދާއިރާ ތަރައްގީ ވާނެ ވާހަކަ އެވެ. ރަށަށް އުންމީދާއި ދިރުން ލިބޭނެ ވާހަކަ އެވެ. ސަރުކާރުން ދައްކާ މީހާ ހޮވުމުން ކަންކަންވާ ފަސޭހަ ވާނެ ވާހަކަ އެވެ. ރައްޔިތުންގެ އަޑު އިއްވަން ފަސޭހަ ވާނެ ވާހަކަ އެވެ. ނަމަވެސް މިއަދު ރައްޔިތުން ސަރުކާރު ކެންޑިޑޭޓް އަރިހުގައި ސާބިތުވުމުން ދާއިރާ އަށް ލިބުނު މޮޅެއް ނެތެވެ. އިތުރަށް ކިޔާލަން: ސަރުކާރު ފަޅިން ހޮވިގެން ތަރައްގީގެ އަޑު މަޑުވީ ކީއްވެ..؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ