ކްލައިމެޓް އެކްޝަންގައި ޒުވާނުންގެ އިސްނެގުން މުހިންމު- ސްޓޭޓް މިނިސްޓަރ މިމްރާހު ޔޫތް ޓްރެކް ޓު ކޮޕް30 އަކީ ދިވެހި ޒުވާނުންނަށް މޫސުމީ ބަދަލުތަކަށް ހައްލު ހޯދުމުގެ މަންސައެއްގެ ގޮތުގައި ދެކެން- ޔުނިސެފް ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 25 ބިދޭސީން ހައްޔަރު

ނެޝަނަލް ސެންޓަރ ފޮރ ދި އަރޓްސްއިން ބޭއްވި “އޮފީސްތަކުގެ ޑްރާމާ މުބާރާތް 1446” ގައި އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާގެ ފަރާތުން ބައިވެރިކުރި ޑްރާމާ “ޢާއިލާ” އަށް ބޮޑު ކާމިޔާބީއެއް ލިބިއްޖެއެވެ.
މި މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް އޮލިމްޕަހުގައި ބޭއްވި ޚާއްސަ ހަފުލާގައި އާއިލާ ޑްރާމާއަށް ވަނީ 11 އެވޯޑް ލިބިފައެވެ.
މި މުބާރާތުގެ ގެ އެންމެ މޮޅު ޑްރާމާ އެވޯޑުވެސް ލިބިފައި ވަނީ މި ވުޒާރާގެ ފަރާތުން ބައިވެރިކުރި ޑްރާމާ “ޢާއިލާ” އަށެވެ. މީގެ އިތުރުން އެންމެ މޮޅު ފިރިހެން އަދި އަންހެން އެކްޓަރ، އެންމެ މޮޅު ޑައިރެކްޓަރ، އެންމެ މޮޅު ސްކްރީންޕްލޭ، އެންމެ މޮޅު އަންހެން ނިއުކަމަރ އަދި އެންމެ މޮޅު ލަވަ މި ޑްރާމާވަނީ ހާސިލްކޮށްފައެވެ.
ބެލުންތެރިންގެ އެންމެ ގިނަ ވޯޓާއިިއެކު އެންމެ މަޤްބޫލް ޑްރާމާ، އެންމެ މަޤްބޫލް ފިރިހެން އަދި އަންހެން އެކްޓަރުގެ އެވޯޑު ވެސް ހާސިލުކޮށްފައިވަނީ އެ ވުޒާރާގެ ޑްރާމާ “ޢާއިލާ’ އެވެ. އަދި އާދަޔާހިލާފު މޮޅު ހުށަހެޅުމަށް ދޭ ޖަޖުންގެ ޚާއްސަ އެވޯޑް ވެސް ލިބިފައިވަނީ ވެސް މި ޑްރާމާއަށެވެ.
މަޝްހޫރު ފިލްމު ކުޅުންތެރިޔާ އަދި ފިލްމު ޑައިރެކްޓަރ މުޙައްމަދު ފައިސަލް ޑައިރެކްޓް ކޮށްދެއްވި މި ޑްރާމާގެ މައިގަނޑު މަޤްސަދަކީ، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް ޢާއިލީ ވެއްޓެއް ހޯދައިދިނުމަށް މި ވުޒާރާއިން ކުރިއަށް ގެންދާ ‘ކޮންމެ ކުއްޖަކަށް ޢާއިލާއެއް’ ޕްރޮގްރާމާއި ގުޅޭގޮތުން އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމާއެކު، އެ ކުދިންނާމެދު މުޖުތަމަޢު ދެކޭގޮތް ބަދަލުކުރުމެވެ. މީގެއިތުރުން، އެކުދިންނަކީ މުޖުތަމަޢު ބަލައިގަންނަ ގަދަރުވެރި ކުދިންނަށް ހެދުމުގައި މުޖުތަމަޢުގެ އެއްބާރުލުން ހޯދުމަށާއި އެ ތަސައްވުރު ބިނާކުރުމަށް މި ޑްރާމާ މެދުވެރިކޮށް ތަފާތު މެސެޖުތައް ވަނީ ރައްދުކޮށްދީފައެވެ.
އެގޮތުން، ބެލުންތެރިންގެ މެދުގައިވެސް އެންމެ މަޤުބޫލުވެގެން ގޮސްފައިވާ “ޢާއިލާ” ޑްރާމާއިން ވަނީ ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކޮންމެ ކުއްޖަކަށްވެސް ލޯބިވާ އަދި އެހީތެރިވެދޭ ޢާއިލީ މާޙައުލެއް ފޯރުކޮށްދިނުމުގެ މުހިންމުކަން ހާމަކޮށްދީފައެވެ. މި ޑްރާމާގެ ވާހަކައިން، ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިން ކުރިމަތިލާންޖެހޭ ގޮންޖެހުންތަކާއި އަދި ޢާއިލީ މާހުލެއްގައި ލޯތްބާ ކުލުނު ލިބިގެން އެކުދިން ހޯދާ ކާމިޔާބީތައް ރީތިކޮށް ދައްކުވައިދެއެވެ. އަދި ހަމަޖެހޭ، އޯގާތެރި ގެދޮރުގެ މުހިންމުކަމާއި، އެފަދަ މާޙައުލަކުން ކުއްޖެއްގެ ދިރިއުޅުމަށް ގެނެސްދޭ ހެޔޮ ބަދަލުތަކުގެ މައްޗަށް އަލިއަޅުވާލައެވެ. މި ވުޒާރާގެ މުވައްޒަފުންގެ ހުނަރުވެރި ހުޅަހަޅާއިދިނުމުން، “ޢާއިލާ” އިން ދައްކުވައިދެނީ ކޮންމެ ކުއްޖަކަށްވެސް ކުރިއެރުމުގެ ފުރުޞަތު ލިބިދިނުމަށްޓަކައި ހުސްނުވާ ހިތްވަރަކާއެކު މަސައްކަތްކުރާ މުޖުތަމަޢެއްގެ މުހިންމުކަމެވެ.
މިއީ އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތުގައި އެ ވުޒާރާއިން ހުށަހަޅައިދީފައިވާ ފުރަތަމަ ޑްރާމާއެވެ. އަދި މި ޑްރާމާގެ ޒަރިއްޔާއިން ކޮންމެ ކުއްޖަކަށް ޢާއިލީ ވެއްޓެއްގެ ލޯތްބާއި ހިމާޔަތާއި ރައްކާތެރިކަން ހޯދުމަށް ކުރެވޭ މަސައްކަތްތަކުގެ މުހިންމުކަން އާންމުންނަށް ވަޒަންކުރެވި، މި މަސައްކަތުގައި މިހާރަށް ވުރެ ބޮޑަށް މުޖުތަމަޢުގެ އެއްބާރުލުން ލިބުމަށް މަގުފަހިވެގެން ދިއުމަކީ މި ވުޒާރާއިން ކުރާ ވަރަށް ބޮޑު އުންމީދެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ