ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ އެމްޑީ މުބީން އިސްތިއުފާދެއްވައިފި
ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުން އަހުމަދު މުބީން އިސްތިއުފާދެއްވައިފިއެވެ. އާރްއޭސީއެލްއިން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ވަނީ، މުބީން އެ މަގާމުގައި ހުންވަގައިގެން އެކުންފުންޏަށް ކޮށްދެއްވި މަސައްކަތަށް ޝުކުރު އަދާކޮށްފައެވެ. މުބީން މަގާމުން އިސްތިއުފާދެއްވިއިރު، އެކުންފުނިން މިފަހުން ވަނީ މުބީންގެ ފެއާވެލް ޕާޓީއެއް ބާއްވާފައެވެ. މުބީން އިސްތިފާ ދެއްވި ސަބަބު އަދި ސާފެއް ނުވެއެވެ. މިކަމާ ގުޅިގެން މައުލޫމާތު ސާފުކުރުމަށް ގުޅުމުން ފޯނަށް ޖަވާބެއް ނުދެއްވައެވެ. ސަރުކާރުން ވަނީ، ޚަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން މޯލްޑިވްސް އެއާޕޯސްޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އާއި އާރުއޭސީއެލް އެއްކޮލުމަށް މިދިޔަ ސެޕްޓެމްބަރު މަހު ނިންމާފައެވެ. https://sun.mv/196223 ނަމަވެސް، މި މަސައްކަތުގެ އަދާހަމަ ހިއްސާކޮށްފައެއް ނުވެއެވެ. ދައުލަތަށް ބުރައަކަށް ވާގޮތަށް ހިންގަމުން އައި ސަރުކާރުގެ ބައެއް ކުންފުނިތައް ބޮޑެތި ކުންފުނިތަކުގެ ދަށަށް ބަދަލުކުރުމަކީ މި ސަރުކާރުގެ އިގުތިސާދީ ސިޔާސަތުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެއީ، އިގުތިސާދީ ދަތިތަކުން އަރައިގަތުމަށް ޚަރަދު ކުޑަކުރަން ކަނޑައެޅި ސިޔާސަތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ