ފުލުހުންނަށް ބޮޑު ކުރި މުސާރަ ނުލިބޭ ކަމަށް ބުނެ ދައްކަމުންދަނީ ދޮގު ވާހަކައެއް! މާވަށުގައި، މީހަކު މަރާލުމަށް ބޭނުންކުރި ވަޅި ހޯދައިފި އަމިއްލަ ކޮޓަރީގައި ރޯކޮށްލުމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެކްސިޑެންޓް ވުމަށްފަހު މަޑުނުކޮށް ގޮސްފައިވާ ދެ މީ

ލ. މާވަށު ނަލަހިޔާ، މޫސާ އިބްރާހިމް, 29 އަށް ވަޅިން ހަމަލާދީ މަރާލި މައްސަލައިގައި ތަހުގީގަށް އޭނާގެ ހަށިގަނޑުގެ އޮޓޮޕްސީ ހެދުމަށް ރާއްޖޭން ބޭރަށް ފޮނުވަން ނިންމާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
މޫސަގެ ހަށިގަނޑު އަންގާރަ ދުވަހުގެ ރޭ ދަންވަރު މާލެ ގެނެސްފައިވާއިރު ފުލުހުން ބުނީ އޭނާގެ ހަށިގަނޑު މާލެ ގެނައީ އިތުރު ތަހުލީލުތައް ހެދުމަށްކަމަށެވެ. ފުލުހުން ބުނީ ތަހުގީގު ނިންމައި މޫސާގެ ހަށިގަނޑު އޯޓޮޕްސީ ހެދުމަށްޓަކައި ރާއްޖެއިން ބޭރަށް ފޮނުވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަކަމަށެވެ.
މި މަހުގެ 28 ވަނަ ދުވަހު ހެނދުނު 10:12 ހާއިރު މާވަށު ވޮލީ ކޯޓު ސަރަހައްދުގައި ހިނގި މާރާމާރީގައި މޫސައަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ހދ. ނޮޅިވަރަންފަރު، އަސަރީ މަންޒިލް، މުހައްމަދު އިބްރާހިމް (29އ)އެވެ. މޫސައަށް ހަމަލާ ދިނުމަށް ބޭނުންކުރި ވަޅި އިއްޔެ ފުލުހުން މޫދު އަޑިން ނަގާފައިވާއިރު މި މައްސަލައިގެ ޝަރީއަތް ނިމެން ދެން މުހައްމަދު އިބްރާހީމް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ