ބޮޑުކަންނެލި މަސްވެރިން ބާނާ މަސް ނުކިރޭ ކަމަށް ބުނެ މަޖިލިހަށް ކުއްލި މައްސަލައެއް
ބޮޑުކަންނެލި މަސްވެރިން ބާނާ މަސް ނުކިރޭ ކަމަށް ބުނެ އިދިކޮޅު އެމްޑީޕީން މިއަދުގެ މަޖިލިސް ޖަލްސާއަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.އެމްޑީޕީގެ ފަރާތުން މަޖިލީހަށް މި ކުއްލި މައްސަލަ ހުށަހެޅުއްވީ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދެވެ.މައްސަލަ މަޖިލިހަށް ބަލައިގަނެ، ބަހުސް ކުރަން ފެންނަ ކަމަށް ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވެ ވަޑަައިގެންނެވި 40 މެމްބަރުންގެ އިއްތިފާގުންނެވެ. އެއީ ވެރިކަންކުރާ ކޮންގްރެސް ޕާޓީގެ މެމްބަރުންގެ ތާއީދާ އެކުގަ އެވެ. މި ކުއްލި މައްސަލައިގައި ވާގޮތުން މިވަގުތު ވެސް 120 ޓަނަށްވުރެ ގިނަ އަދަދެއްގެ ބޮޑު ކަންނެލި ދޯނިތަކުގައި ނުކިރި ހުރިއިރު، މި ކަންނެލިތައް ހަލާކުވުމުގެ ބިރުވެރިކަން ވަނީ އުފެދިފައެވެ. އަދި ބޮޑު ކަންނެލި ބާނައިގެން ކިރުމަށް އެތައް ދުވަހެއް ކިޔުގައި މަޑުކުރަން ޖެހުމަކީ މިހާރު އާންމު ކަމަކަށް ވަނީ ވެފައެވެ."މަސްވެރިކަން ރަނގަޅުވާ ކޮންމެ ފަހަރަކު، އެކަށީގެންވާ މިންވަރަށް މަސް ކިރޭނެ ގޮތް ހަމަޖެހިފައި ނެތުމުގެ ސަބަބުން މަސްވެރިންނަށް އެތަކެއް ތަކުލީފެއް އުފުލަންޖެހިފައިވާ ހިނދު، ދުނިޔޭގެ އިގުތިޞާދު ކުރިއަރަމުންދާ ދިއުމުގައި، މަހުގެ ޑިމާންޑް މަތިވަމުންދާ ދަނޑިވަޅުތަކުގައި ވެސް، ރަނގަޅު އަގުގައި މަސް ނުވިއްކޭކަމުގެ ކަންބޮޑުވުން މަސްވެރިން ފާޅުކުރަމުން [ދެއެވެ]" އެ ކުއްލި މައްސަލައިގައި ވެއެވެ.ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކީ މަސްވެރިންނާ މަސްވެރި އާއިލާތައް ކަމަށްވާއިރު، މިފަދައިން ކަންކަން ދާނަމަ މަސްވެރިންގެ މާލީ ހާލަތު ދަށްވެ އެކަމުގެ ސަބަބުން މުޅި މުޖުތަމައުގެ ދުޅަހެޔޮކަމަށް އަސަރު ކުރާނެކަމަށް މި ކުއްލި މައްސަލައިގައި ވެއެވެ.ކުއްލި މައްސަލައިގައި އޭނާ ގޮވާލެއްވީ މި މައްސަލަ ހައްލުކޮށް ރައީސް މުއިއްޒުގެ ރިޔާސީ ވައުދުތައް ފުއްދެވުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ