ސަލްމާންގެ މިލްކިއްޔާތުގައި ހުރި އެޕާޓްމަންޓެއް ހަ ލައްކަ ޑޮލަރަށް ވިއްކާލައިފި
ބޮލީވުޑް އެކްޓަރު ސަލްމާން ޚާންގެ މިލްކިއްޔާތުގައި ހުރި ޕްރޮޕަޓީތަކުގެ ތެރެއިން މުމްބާއީގެ ބަންޑްރާގައި ހުންނަ އެކްޓަރުގެ އެޕާޓްމަންޓެއް 5.35 ކްރޯޑު ރުޕީސް (ހަ ލައްކަ ޑޮލަރަ)ށް ވިއްކާލައިފިއެވެ. ރެޖިސްޓްރޭޝަން ފީ އަދި ސްޓޭމްޕް ޑިއުޓީ ފީގެ ގޮތުގައި 60 ލައްކައެއްހާ އިންޑިއާ ރުޕީސް ދައްކާފައިވާ މި އެޕާޓްމަންޓަކީ ސަލްމާން މިހާރު ދިރިއުޅެމުން އަންނަ ގެލެކްސީ އެޕާޓްމަންޓާ 2.2 ކިލޯމީޓަރު ދުރުގައި ހުންނަ ތަނެކެވެ. ރިއަލް އެސްޓޭޓް މާކެޓުގައި ބޮޑު ޑިމާންޑެއް އޮތް ސަރަހައްދުގައި ހުރި ސަލްމާން ބޮޑު އަގުގައި ވިއްކާލި މި އެޕާޓްމަންޓް ހުންނަނީ ބަންޑްރާގް އެންމެ ގިނަ ބޮލީވުޑް ތަރިން ދިރިއުޅޭ ސަރަހައްދުގައެވެ. ބޮލީވުޑްގެ ފިލްމީ ތަރިން ކަމަށްވާ ޝާހްރުކް ޚާން، އާމިރު ޚާން، ކަރީނާ ކަޕޫރު ޚާން، ރަންބީރު ކަޕޫރު އަދި ޖާވިދު އަޚްތަރުގެ އާއިލާ އަކީ މި ސަރަހައްދުގައި މިހާރު ވެސް ދިރިއުޅެމުން އަންނަ ފަރާތްތަކެވެ. ސަލްމާން ޚާން އެކްޓަރުގެ ޕަންވެލް ފާމް ހައުސްގައި--ފޮޓޯ/އެންޑީޓީވީ މީގެއިތުރުން ބަތަލާ ދީޕިކާ އަދި ރަންވީރު ސިންގް ވަރަށް އަވަހަށް މި ސަރަހައްދުން އެ ތަރިން ގަނެފައިވާ އެޕާޓްމަންޓަށް ދިރިއުޅުން ބަދަލުކުރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. ފިލްމު "ސިކަންދަރު"ގެ އެކްޓަރުގެ މިލްކިއްޔާތުގައި ހުރި ޕްރޮޕަޓީތަކުގެތެރޭ މިހާރު ދިރިއުޅެމުން އަންނަ ގެލެކްސީ އެޕާޓްމަންޓްގެ އިތުރުން އެކްޓަރުގެ ކޮއްކޮ އަރުޕިތާ ފާމްސްގެ ނަމުގައި ހުންނަ ޕަންވެލް ފާމް ހައުސް، މަހާރަޝްތުރާގައި ހުންނަ ބީޗް ހައުސް އަދި ދުބާއީގެ ބުރުޖު ޚަލީފާ ހުންނަ ސަރަހައްދުން ގަނެފައިވާ ޑައުންޓައުން އެޕާޓްމަންޓް ހިމެނެއެވެ. ސަލްމާން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ މިހާރު މަސައްކަތް ކުރަމުން އަންނަ އެކްޝަން ތުރިލާ "ބެޓްލް އޮފް ގަލްވާން"އިންނެވެ. މީގެއިތުރުން އަންނަ މަހު ކަލަސްއިން ފަށަން ތައްޔާރުވަމުން އަންނަ ރިއަލިޓީ ޝޯ "ބިގް ބޮސް"އިން ހޯސްޓެއްގެ ގޮތުގައި ސަލްމާން ފެންނާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ